ދުނިޔެ

ޓްރަމްޕްގެ އިންސްޓާގްރާމާއި ފޭސްބުކް އެކައުންޓް ވަކި މުއްދަތެެއް ނެތް ގޮތަށް ބްލޮކްކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންކުރައްވާ އިންސްޓާގްރާމް އަދި ފޭސްބުކް އެކައުންޓްތައް، ވަކި މުއްދަތެއް ނެތް ގޮތަށް ބްލޮކްކުރަން، ފޭސްބުކް ސީއީއޯ މާކް ޒުކަބާގް ނިންމަވައިފި އެވެ. އޭނާ ވިދާޅުވީ އެންމެ އަވަހަށް ވެސް ކުރިއަށް ދެހަފުތާ ކުރިން އެކައުންޓްތައް ދޫކޮށްނުލައްވާނެ ކަމަށެވެ.

ޒަކަބާގް ބަޔާނެއް މެދުވެރިކުރައްވައި ވިދާޅުވީ ފާއިތުވަމުން އަންނަ 24 ގަޑިއިރަށް ވިސްނާލުމުން ދޭހަވަނީ، ރިޔާސީ އިންތިހާބުގެ ސައްހަކަމާ މެދު ސުވާލު އުފެއްދެވުން ފިޔަވައި ޓްރަމްޕް އިތުރުކަމެއް ދެން ނުކުރައްވާނެ ކަމެވެ. ގާނުނީ ހަމަތަކުގެ މަތިން ޖޯ ބައިޑަން އަށް ވެރިކަން ފުރޮޅާލަން ކުރެވޭ މަސައްކަތްތަކަށް ނަފުރަތު އުފެއްދެވުން ނޫން ގޮތަކަށް މަގާމުގައި ދެމިހުންނަވަން ލިބިލައްވާފައިވާ ވަގުތު ބޭނުންފުޅު ނުުރައްވާނެ ކަމެވެ.

ޒަކަބާގް ވިދާޅުވީ ޓްރަމްޕްގެ އެކައުންޓްތައް ބްލޮކްކުރަން ކުރިން ކަނޑައެޅުއްވި މުއްދަތު ދިގުދަންމާލަން ނިންމެވީ ބިނާކުރަނިވި ވާހަކަތަކަށް ވުރެ ފަނާކުރަނިވި ވާހަކަތައް ގިނަވާނެ ކަމަށް ލަފާކުރެއްވޭތީ ކަމަށެވެ.

ފޭސްބުކް ސީއީއޯ މާކް ޒަކަބާގްގެ ބަޔާން

އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގައި ޓްރަމްޕަށް ވަފާތެރި ސަޕޯޓަރުން ހިންގި ހަމަނުޖެހުންތައް ކުށްވެރިކުރެއްވުމުގެ ބަދަލުގައި ޓްރަމްޕް ދެއްވީ ހިތްވަރެވެ. އެމީހުން ދެކެ ލޯބިވެލައްވާ ކަމަށް ވިދާޅުވެ ޓްވީޓްުކުރައްވަައި ސޯޝަލް ޕްލެޓްފޯމްތަކުގައި މެސެޖް ތަތްކުރެއްވި އެވެ.

ޓްވިޓާއިން ޓްރަމްޕްގެ އެކައުންޓް 12 ގަޑިއިރަށް ބަންދުކުރުމަށް ފަހު ބުނީ ބޭނުންކުރައްވާ ގޮތައް ބަލައި ދާއިމަށް ވެސް ބްލޮކްކުރަން ޖެހިދާނެ ކަމަށެވެ.

އިންސްޓަގްރާމާއި ފޭސްބުކުން ޓްރަމްޕްގެ އެކައުންޓްތައް "24" ގަޑިއިރަށް ބަންދުކުރުމަށް ފަހު އެ ސްޓޭޓަސް "ވަކި މުއްދަތެއް ނެތް" ގޮތަށް ބަދަލުކުރުމަށް މާކް ޒަކަބާގް ވަނީ ނިންމަވާފަ އެވެ.