އެޗްޑީސީ

އެޗްޑީސީގެ ބޯޑަށް 5 މެމްބަރުން އިތުރުކޮށްފި

Jan 8, 2021

އެޗްޑީސީގެ ބޯޑުގައި އިތުރު ފަސް މެމްބަރުން ހިމަނައި އަދަދު 11 އަށް ހަދައިފި އެވެ. ކުރީން އެ ބޯޑުގައި ތިބެނީ ހަ މެންބަރުންނެވެ.

އެ ބޯޑަށް އަލަށް ލާފައި އެއް ބޭފުޅަކީ ރޭޓަ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) ގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝާތިރު އަބްދުއް ރަހުމާނެވެ. އޭނާއަކީ އެޗްޑީސީގެ މިހާރުގެ ސީއޯއޯ އެވެ.

ދެން އެ ބޯޑުގައި ހިމެނީ އަބްދުލް މުންނިމް މުހައްމަދު މަނިކާއި އަބްދުﷲ މިއާދާއި މުހައްމަދު ޖަލާލު އަދި މަރިޔަމް ޝަވާދިން އެވެ. މީގެ ތެރެއިން ޝަވާދިން އަކީ ޖީއެމްއައިޒެޑްއެލްގެ ބޯޑުގައި ހިމެނިވަޑައިގެންނެވި މެންބަރަކެވެ.

އެޗްޑީސީގެ ޗެއާމަނަކީ މުހައްމަދު ޖައިޝް އިބްރާހިމެވެ. އޭނާއަކީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ ޅިޔަނެވެ.

އެޗްޑީސީގެ ބޯޑް 11 އަށް ބަަދަލު ކުރި އިރު ބީއެމްއެލް ގެ ބޯޑުގައި ވެސް 11 މެމްބަރުން ތިއްބަވަ އެވެ. އެކަމަކުގެ އޭގެ ތެރޭގައި އާއްމު ހިއްސާދާރުންގެ ތެރެއިން އިންތިހާބުކުރާ ތިން ޑިރެކްޓަރުން ހިމެނެ އެވެ.

އެޗްޑީސީގެ ބޯޑަށް ފަސް މެމްބަރުން އިތުރުކުރިއިރު، އެ ކުންފުންޏާއި ޖީއެމްއައިޒެޑްއެލް އެއްކޮށްލީ މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.