ހަބަރު

ކުޑަފަރީ ފެނާއި ނަރުދަމާ މަސައްކަތް އިފުތިތާހުކޮށްފި

Jan 9, 2021
3

މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ނ. ކުޑަފަރީގައި ގާއިމް ކުރާ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް އިފްތިތާހު ކޮށްފި އެވެ.

މި މަސައްކަތް އިފްތިތާހު ކޮށް ދެއްވީ އެ ރަށުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި، އެމްޑަބްލިއުއެސްސީގެ ޗެއާމަން ޕިރަމިޑް އަހުމަދު މައުސޫމު އާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުގެ އިތުރުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ބައިވެރި ވެގެނެވެ.

އެމްޑަބްލިއުއެސީ އަށް މި މަސައްކަތް ނިންމަން ސަރުކާރުން ދީފައި ވަނީ 22 މަސް ދުވަހެވެ. އަގަކީ 38 މިލިއަން ރުފިޔާ އެވެ.

މި މަސައްކަތުގައި ނަރުދަމާ ނިޒާމް ގާއިމްކު ރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ކުޑަފަރީ އަށް ގެންގޮސް ހޮޅި ވަޅުލުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. ފެން ވިއުގާގައި ހިމެނޭ ފެން ޕްލާންޓް ބަހައްޓާ އިމާރާތުގެ 20 ޕަސެންޓް މަސައްކަތް ވަނީ ނިންމާފަ އެވެ