ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ ބަލާއާފާތް

ފްރަންޓްލައިން އެލަވަންސް 90 މިލިއަން ރުފިޔާއަށް

Jan 9, 2021
9

ކޮވިޑް-19 އިގެ ހާތަލާ ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންދާ މަސައްކަތްތަކުގެ ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދޭ ފްރަންޓްލައިން އެލަވަންސް 90 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް 10,180 ހިދުމަތްތެރިއަކަށް 90.32 މިލިއަން ރުފިޔާ ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި ދީފައި ވެއެވެ.

މި އެލަވަންސަކީ ރާއްޖެއިން ފުރަތަމަ ކޮވިޑް ފެނުނު ދުވަސް ކަމަށްވާ މާޗް 7، 2020 އިން ފެށިގެން މުވައްޒިފުންނަށް ލިބެންވާ ފައިސާ އެވެ. ނަމަވެސް މި އެލަވަންސް ދިނުން ލަސްވުމުން ބައެއް ފަރާތްތަކުން ޝަކުވާ ކުރި އެވެ. ފަހުން ސަރުކާރުން ވަނީ އެކަން އިސްލާހު ކޮށްފަ އެވެ.

ކޮވިޑް-19 ގެ ބަލި ރާއްޖޭން ފެނުމާއެކު ސިއްހީ ދާއިރާގެ އިތުރުން ސިފައިންނާއި ފުލުހުން އަދި ސަރުކާރުގެ ގިނަ ވުޒާރާތަކެއްގެ މުވައްޒަފުން ދަނީ ބުރަކޮށް މަސައްކަތް ކުރަމުންނެވެ.