ފުވައްމުލައް

ގެއްލިގެން ހޯދަމުންދިޔަ ކުއްޖާ މޫދު އަޑިން ފެނިއްޖެ

މޫދަށް އެރި އުޅުނު 12 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަމުން ދަނިކޮށް މޫދު އަޑިން ފެނިއްޖެ އެވެ.

ފުލުހުން ބުނީ ޏ. ފުވައްމުލަކު މާނޭރެ އަތިރި ސަރަހައްދަށް މޫދަށް އެރި އުުޅުނު 12 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަމުންދަނިކޮށް ފެނިފައިވާ ކަމަަށެވެ. އެއީ ފިރިހެން ކުއްޖެކެވެ. ގަޑިއިރެއްގެ ފަހުން މޫދުން ފެށުނު ކުއްޖާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. އެ ކުއްޖާ މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަަރުވާ ދޭން ފަށާފައެވެ.