ހުޅުމާލެ

ވެށި ސާފު ޕްރޮގްރާމް ފަށަފި

އާންމުން ހިމަނައިގެން ކުރިޔަށް ގެންދާ ގޮތަށް ހުޅުމާލޭ "ވެށި ސާފު" ޕްރޮގްރާމާއި އިފްތިތާހު ކޮށްފި އެވެ.

ވެށި ސާފު ޕްރޮގްރާމް އިފްތިތާހު ކުރީ އިއްޔެ ހަވީރު ހުޅުމާލޭ ހުރަވީ ސްކޫލްގަ އެވެ. ފައްޓަވައި ދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ.

މިއީ ހުޅުމާލެ ސާފުކޮށް ބޭއްވުމަށާއި އަމިއްލަ ގޭގެ ސަރަހައްދު ކުނިކަހާ ސާފުކުރުމުގެ އާދަ ދެމެހެއްޓުމުގެ ޕްރޮގްރާމެކެވެ.

ވެށި ސާފު ޕްރޮގްރާމުގައި ބައިވެރިވާން ދެ ބުރަކަށް ފުރުސަތު ހުޅުވައިލި އިރު 600 އަށް ވުރެ ގިނަ މީހުން ހުށަހެޅި އެވެ. ނަމަވެސް އެ ނަގާފައިވަނީ 64 މީހުނެވެ.

ފުރަތަމަ ބުރަށް ނަގާފައިވަނީ 34 މީހެކެވެ. އެއީ ފްލެޓް ހުންނަ 34 ސަރަހައްދެއް ސާފު ކުރާށެވެ. ދެވަނަ ބުރުގައި ނަގާފައި ވަނީ 30 މީހެކެވެ.