ހަބަރު

ގޭމް ލީގްގެ ފުރަތަމަ މުބާރާތް ނިންމާލައިފި

މޯލްޑިވިއަން ގޭމް ލީގް ނަމުގައި "އީސްޕޯޓްސް" އަށް ހާއްސަ ކޮށް އުފައްދާފައިވާ މޫވްމެންޓްގެ ފުރަތަމަ ސީޒަންގެ ފުރަތަމަ މުބާރާތް ނިންމާލައިފި އެވެ.

ފުރަތަމަ މުބާރާތް ހާއްސަ ކުރީ "ފީފާ 21" އަށެވެ. ހުޅުމާލޭ މައި ކޮލެޖް ގައި ކުރިއަށް ގެންދިޔަ މުބާރާތުގައި އީސްޕޯޓްސް 32 އެތުލީޓުން ވާދަ ކުރި އެވެ. ކޮންމެ ގުރޫޕެއްގައި ހަތަރު އެތުލީޓުން ހިމެނޭ ގޮތަށް ގުރޫޕް ސްޓޭޖު ބުރު ކުރިއަށް ގެންގޮސް ދެ ވަނަ ބުރަށް ދަތުރު ކުރީ ކޮންމެ ގުރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދި ދެ އެތުލީޓުންނެވެ

ދެ ވަނަ ބުރު ނުވަތަ ގަދަ 16 އިން މޮޅުވި އަށް އެތުލީޓުން ކްއާޓާ ފައިނަލަށް ދަތުރު ކުރި އެވެ. ކްއާޓާ ފައިނަލު މޮޅުވި ހަތަރު އެތުލީޓުން ސެމީ ފައިނަލަށް ދަތުރު ކުރި އެވެ. ސެމީގެ ދެ ކުރިމަތިލުމުން މޮޅު ވެގެން ފައިނަލަށް ދަތުރު ކުރީ ޒަމީލް އާއި މާއިން އެވެ.

ކުރިމަތި ހުރިހާ މެޗެއް ކާމިޔާބުކޮށް ފައިނަލަށް ދިޔަ ޒަމީލް ވަނީ، ފައިނަލުން ވެސް މޮޅުވެ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ޓޮޕް ސްކޯރާ އަކީ 36 ގޯލް ސްކޯ ކުރި މާއިން އެވެ.

މުބާރާތުގެ އިނާމު ފައިސާގެ ގޮތުގައި ކަނޑައަޅާފައި ވަނީ، މުބާރާތުގައި ވާދަ ކުރަން އެތުލީތުން ދެއްކި އެންޓްރީ ފީ ގެ 100 ޕަސަންޓް އެއްކޮށެވެ. އިނާމު ފައިސާ ބެހިފައި ވަނީ ޗެމްޕިއަންނަށާއި ރަނަރަފް އެތުލީޓަށެވެ. ގޭމް ލީގްގެ ފުރަތަމަ ސީޒަންގެ ދެ ވަނަ މުބާރާތް ހާއްސަ ކޮށްފައި ވަނީ އޮންލައިން ގޭމެއް ކަމަށްވާ ފޯޓްނައިޓަށެވެ.