ބިޔާދޫ އައިލެންޑް ރިސޯޓުން އިތުރު ހަތަރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. އެ ރިސޯޓުން މީގެ ކުރިން ވަނީ 49 މީހަކު ޕޮޒިޓިވްވެފައެވެ. އެންމެ ފަހުން މީހަކު ޕޮޒިޓިވްވީ އިއްޔެ އެވެ. އިއްޔެ ތިން މީހުން ޕޮޒިޓިވެފައިވެއެވެ.
އެ ރިސޯޓުން ފުރަތަމަ ކޭސް ފެނިފައިވަނީ މި މަހުގެ ފުރަތަމަ ދުވަހު ކަމަށެވެ. އެ މީހާއަށް ބަލި ޖެހިފައިވާކަން އެނގުނީ ބަލީގެ އަލާމަތްތައް ހުރުމުން މާލެ އައިސް ޑޮކްޓަރަށް ދައްކާ ޓެސްޓް ކުރުމުންނެވެ. އެއީ އެ ރިސޯޓްގެ މުވައްޒިފެކެވެ. މިހާތަނަށް އެ ރިސޯޓުން 104 މީހެއްގެ ސާމްޕަލް ވަނީ ޓެސްޓްކޮށްފައެވެ.
އެންމެ ފަހުން ނެގި 71 ސާމްޕަލްގެ ތެރެއިން 32 މީހަކު ޕޮޒިޓިވްވިއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުން އައިސް އެ ރަށުގައި ކަރަންޓީންގައި ހުރި މީހަކުވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.