ހަބަރު

ނައިބު ރައީސްގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފި

Oct 25, 2015
2

ގައުމަށް ޣައްދާރުވިކަމުގެ ތުހުމަތުގެ ތަހުގީގަށް ކ. ދޫނިދޫގައި ބަންކޮށްފައި ހުންނެވި ނައިބު ރައީސް އަހުމަދު އަދީބުގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރު ކުރަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

އިއްޔެ ހެނދުނު ސިންގަޕޫރުން މާލެވަޑައިގެންނެވި ތަނާ ކޯޓުއަމުރެއްގެ ދަށުން ފުލުހުން ވަނީ ނައިބު ރައީސް ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފަ އެވެ.

ނައިބު ރައީސް ގެ ބަންދާ މެދު ގޮތް ކަނޑައަޅަން ބޭއްވި މުއްދަތު މަޖިލިސް ބޭއްވީ މިއަދު 10:30 ގައެވެ. އެ މަޖިލިސް ކުރިއަށް ގެންދިޔައީ އަދީބު ދޫނިދޫގައި ބަހައްޓަވައިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. އަދީބު ކޯޓުގައި ތަމްސީލް ކުރެއްވީ އެމަނިކުފާނުގެ ވަކީލުންނެވެ. ޝަމީމް އިންނެވީ އަދީބުއާ އެކު ދޫނިދޫގަ އެވެ.

ނައިބު ރައީސް އަދީބު ދޫނިދޫގައި ބަންދުކޮށްފައިވަނީ ނީ ގައުމަށް އެންމެ ބޮޑު ޚިޔާނާތް ވި ކަމުގެ ތުހުމަތުކޮށް ތަހުގީގު ކުރުމަށެވެ. އަދި ރައީސް އަވަހާރަކޮށްލަން ރިޔާސީ ލޯންޗްކޮޅުގައި ބޮން ގޮއްވާލުމުގައި ބައިވެރިވުމުގެ ތުހުމަތު ވެސް ނައިބު ރައީސްގެ މައްޗަށް ކުރެވިފައިވެ އެވެ.