ހަބަރު

މައްސަލަ އުޅޭ، އެކަމަކު ކޯލިޝަން ދެމެހެއްޓޭނެ: ރައީސް

މީގެކުރިން ކޯލިޝަން ލީޑަރުން ބޭއްވި ބައްދަލު ކުރެއްވުމުގެ ތެރެއިން -- އަވަސް ފޮޓޯ
60%
0%
40%

ގިނަ ޕާޓީތަކެއް އެކުލެވޭ، ސަރުކާރު ހިންގާ ކޯލިޝަންގެ ތެރޭގައި ހިޔާލުތަފާތުވުންތައް ހުރި ނަމަވެސް، މަޝްވަރާކޮށްގެން އެ ފަދަ މައްސަލަތައް ހައްލުކޮށް ކޯލިޝަން ދެމެހެއްޓޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބާރުވެރި ސަރުކާރު ނިމުމަކަށް އައީ ސެޕްޓެންބަރު 23، 2018 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި އޭރުގެ އިދިކޮޅު ކޯލިޝަނުން ކާމިޔާބު ކުރުމާއި ގުޅިގެންނެވެ. އިންތިހާބަށް އިދިކޮޅުން ނިކުތް ކޯލިޝަންގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ރައީސް މައުމޫނާއި މައުމޫން ރިފޯމް މޫވްމަންޓް ހިމެނެ އެވެ.

އެ އިންތިހާބަށް ފަހު މި ސަރުކާރު އެކުލަވައިލެވުނު ފަހުން ސަރުކާރު ހިންގަމުންދަނީ ކޯލިޝަން ޕާޓީތަކުން ބައިވެރިވާ ސަރުކާރެއްގެ ގޮތުގައެވެ.

ނަމަވެސް، ސަރުކާރުގެ ތިންވަނަ އަހަރު ގުނަމުންދާއިރު، އަދާލަތާއި އެމްއާރުއެމްގެ އިތުރުން ޖުމްހޫރީ ޕާޓީއަށް ކެބިނެޓުން ދިން ސްލޮޓުތައް ވަނީ ގެއްލިފަ އެވެ.

އަދި ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްފަހު ކޯލިޝަންގެ ހަތަރު ލީޑަރުން ކަމަށްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ހޮޓެލް ޖެންގައި ރައީސް ސޯލިހާ ބައްދަލު ކުރައްވައި، ސަރުކާރަށް ލަފާ އެރުވުމާއި ގުޅިގެން ކުރިއަށް ދިޔުމަށް ކޮންމެ މަހަކު އެއް ފަހަރު ހުރިހާ ލީޑަރުން އެކުގައި ބައްދަލުވުމެއް ބާއްވަން ނިންމެވި އެވެ.

ނަމަވެސް، އޭގެ ފަހުން އެފަދަ ބައްދަލުވުމެއް ބާއްވާފައިނުވާއިރު، ކޯލިޝަން ރޫޅާލުމަށް އެމްޑީޕީގެ ތެރެއިން ރައީސަށް ކުރިމަތިވެފައިވާ ޕްރެޝަރު ވަނީ އިތުރުވެފަ އެވެ.

އިންޑިއާގެ މަޝްހޫރު "ދަ ހިންދޫ" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ކޯލިޝަނާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ތަފާތު ފިކުރުގެ ޕާޓީތަކެއް ހިމެނޭ ކޯލިޝަނެއްގައި ދެބަސްވުންތަކާއި ހިތްހަމަނުޖެހުން ހުންނާނެ ކަމަށެވެ.

ނަމަވެސް، 2018 އިގެ އިންތިހާބު ކާމިޔާބުކޮށް، ޕާޓީތައް ގުޅިގެން ރައްޔިތުންނަށް ވައުދުވި "ޖަޒީރާ ރާއްޖެ" ހަގީގަތަށް ހެދުމުގެ ވިސްނުމާއި އަޒުމަށް ބަދަލެއް ނާންނަކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަދި ގިނަ ގޮންޖެހުންތަކާއެކުވެސް، މިހާތަނަށް ކޯލިޝަން ދެމެހެއްޓިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން [ޕާޓީތައް] އެއްގަލަކަށް އެރި ސަބަބުގެ މަތީގައި، މަޝްވަރާކޮށްގެން ކުރިމަތިވާ ހުރިހާ މައްސަލަތަކަށް ހައްލު ހޯދޭނެކަމުގެ ޔަގީންކަން އެބައޮތް،" އެމަނިކުފާނު އިތުރަށް ވިދާޅުވި އެވެ.

ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތް ކުރައްވަމުން، ރައީސް ވިދާޅުވީ ސަރުކާރުގެ ތެރެއިން އޮފިޝަލުން ޖަވާބުދާރީކުރުވުމަކީ އެންމެ އިސްކަމެއް ދެއްވާ މަސައްކަތް ކަމަށެވެ.

އަދި، މިހާރުވެސް ސާބިތުކޮށްދީފައިވާ ފަދައިން، ސަރުކާރުގެ ކިތަންމެ އިސް އޮފިޝަލެއް ނަމަވެސް، ނުރަނގަޅު އަމަލެއް ކޮށްފިނަމަ، އެކަން ތަހުގީގުކޮށް ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ވަނީ ދެއްވައިފަ އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ފަރިސް

ދެކޮޅަށް އެއްޗެހި ބުނެ ސަރުކާރު ދޫކޮށް ނުކުންނަން ނުކެރިގެން ތިބެނީ ފައިސާއިން ބެދިފަ ބައްދާފަ ތިބީ މަ ތިޔަ ސޯލިހަކީ އަންނިއަށް ވުރެ މަކަރުވެރިއެއް

ރައު

ތި ކޯލިސަން އޮތަސް ނެތަސް އޯކޭ އަހަރުމެން ނަ ވާނެ އެއްވެސް ފައިދާއެއްނެތް. ތި ކަމަކުން ހުރިހާ ފައިދާ އެއްތިޔަލިބިގަންނަނީ ތި ބައިގަޑު ނޫން ތަ؟

އާކަމެއްނޫން

ދެމަފިރިންގެ ދެމެދުގައި ވެސް ދޭތެރެއަކުން މައްސަލަ އުފެދެއެވެ. އެއްބަނޑު އެއްބަފާ މީހުންގެ ތެރޭގައި ވެސް ދޭތެރެއަކުން މަސްލަ އުފެދެއެވެ. ވީއިރު ކޯލީޝަނަކީ އެކި ދިމަދިމާއިން އައިސް އެއްވެފައި ތިއްބެވި ބޭފުޅުން ކޮޅެކެވެ. އެހެންކަމުން ދެންނެވޭނީ، ތިބޭފުޅުންގެ މެދުގައި މައްސަލައުޅުނަކަސް، މައްސަލައެއް ނެތެވެ.

ހަފީޒާ

ކޯލިސަން ދަމަހައްޓާގޮތް އަހަރެމެނައް އެނގޭ ކިތަމެ ބޮޑު ވައްކަމެއްކު ރިޔަސް ނުކުރާ ކަމައްހަދާގެން ތިބެނީ ރޭޕް ކުރިޔަސް ނުކު ރާކަމައް ހަދާގެން ދީނައް ފުރައްސާ ރަކުރިޔަސް ނުކުރާ ކަމައްހަދާގެން އެމްއެންޕީއާރުސީގެ ހުރިހާ ވަގުން ތިޔަތިބީ ކޯލިސަންގަ ތީގެން ވަކިމީހަކައް އިނގިލި ދިއްކޮއްފިއްޔާ ފުރަތަމަވެސް ފަލީހަތް ވާނި ސޯލިބޭ އެހެންވީމަ ހިތާނަފުސާ ދެކޮޅައްވެސް ތިޔަ ކޯލިސަން ހިފަހައްޓަންއެބަޖެހޭ ވިއްޔަ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345