ރިޒް ކުންފުނީގެ މައްޗަށް ތުހުމަތު ކުރާ ހިއުމަންޓްރެފިކިންގެ މައްސަލާގައި ދައުވާކޮށް ދިނުމަށް އެދި ފުލުހުން އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ރިޒް ކުންފުނީގެ މައްޗަށް ދައުވާ ކޮށްދޭން އެދި މައްސަލަ ޕީޖީގެ އޮފީހަށް ފޮނުވާފައިވަނީ އިއްޔެ އެވެ.
ލިޔެކިއުމެއް ނެތުމާއި މުސާރަ ނުދީ ގަވައިދާ ހިލާފަށް ބިދޭސީން ގެންގުޅުން ކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް ފުލުހުން ބަލަން ފެށީ ބ. ބޮޑުފިނޮޅުގައި ބޮޑުފިނޮޅުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ނުދީގެން އެރަށުގައި މަސައްކަތްކުރާ ބިދޭސީންތަކެއް ނުކުމެ އެ ރަށުގައި ތިބި ބިދޭސީންތަކެއް ނުކުމެ ރަހީނުކޮށް ބޮޑެތި ހަމަނުޖެހުންތައް ހިނގައި ފުލުހުންނާ ވެސް ކުރިމަތިލި ހާދިސާތަކަކަށް ފަހު އެވެ.
އެ ހަމަނުޖެހުންތަކުގައި ރަށުގެ ތަންތަނަށާއި މެޝިނަރީ އާއި ވޯޓާ ޕައިޕްލައިން ތަކަށާއި، އެހެނިހެން ތަކެއްޗަށް ބޮޑެތި ގެއްލުންތައް ދިނެވެ. އެ ހަމަނުޖެހުމުގައި ބައިވެރިވި 19 ބިދޭސީއަކު ހައްޔަރު ކުރުމަށްފަހު ފަހުން ވަނީ ދޫކޮށްލައި އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.
ބޮޑުފިނޮޅުގައި މަސައްކަތް ކުރި މީހުންގެ ހަތަރު މަސް ދުވަހުގެ މުސާރަ ނުދޭ ރިޒް ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަލީ ރިޒާ ވަނީ އެއްބަސްވެ ވަޑައިިގެންފަ އެވެ.