ދުނިޔެ

ދެކުނު ކޮރެއާ އުޅަނދުގެ މައްސަލަ ސިޔާސީ ކުރުމުގެ ބޭނުމެން ނެތް: އީރާން

އީރާނުން ބުނާ ގޮތުން ސައުތު ކޮރެއާގެ އުޅަނދާއި ފަޅުވެރިން ތިބީ ރަހީނުކޮށްފައެއް ނޫނެވެ. ހާލަތާ ގުޅޭ ގޮތުން ވާހަކަ ދެއްކުން ބުއްދިވެރި އެވެ. މި މައްސަލައިގެ ތެރެއަށް ގައުމުތައް ވަދެ ސިޔާސީ ކުރާނެ ކަމެއް ނެތެވެ. ދެކުނު ކޮރެއާގެ ބޭންކުތަކުގައި ހުރި އީރާންގެ ހަތް ބިލިއަން ޑޮލަރު ދޫކޮށްލަން ޖެހެ އެވެ.

އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުން ވަނި ދެކުނު ކޮރެއާގެ ކެމިކަލް ޓޭންކަރެއް، ސައޫދީ އަރަބިއްޔާގެ ޖުބަައިލް ބަނދަރުން ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ފުޖައިރާއަށް ދަތުރު ކުރަނިކޮށް ހޮރްމޫޒު ކަނޑުއޮޅިން ހިފަހައްޓާފަ އެވެ. އީރާނުން ކުރިން ބުނީ އުޅަނދު ހިފެހެއްޓީ ކަނޑަށް ކެމިކަލް އަޅާތީ ކަމަށެވެ. އެ އުޅަނދު މިހާރު އޮތީ 20 މެންބަރުނާއެކު އީރާންގެ ބަނދަރު އައްބާސްގަ އެވެ.

ސައުތު ކޮރެއާގެ ނައިބު ފޮރިން މިނިސްޓަރު، ޗޮއި ޖޮން ކުން މިހާރު އުޅުއްވަނީ ތެހެރާނަށް ކުރައްވާ ދަތުރުފުޅެއްގަ އެވެ. އުޅަނދާ ބެހޭ ގޮތުން މަޝްވަރާ ކުރެވި މަސްރަހު ގޮތަކަށް ހަމަޖެހޭނެ ކަމަށް ބެލެވެ އެެވެ.

އީރާންގެ ޑިޕިއުޓީ ފޮރިން މިނިސްޓަރު އައްބާސް ވިދާޅުވި ސައުތު ކޮރެއާއިން ދުރަށް ވިސްނަންޖެހޭ ކަމަށާއި ބަޔަކު ބުނީތީ އިރާންގެ ފައިސާތަކެއް ނުހިފެހެއްޓޭނެ ކަމަށެވެ. އަދި އެންމެ ރަނގަޅު ވާނީ ގުޅުން ހުރި ވާހަކަތަކުގައި މަސްއޫލުވުން ކަމަށެވެ.