ދުނިޔެ

އީރާނުން ހިފެހެއްޓި ސައުތު ކޮރެއާ ޓޭންކަރުގެ ފަޅުވެރިން ދޫކޮށްލައިފި

އީރާންގެ އިސްލާމިކް ރިވޮލޫޝަނަރީ ގާޑުން މިދިއަ މަހު ހޮމްރޫޒް ކަނޑުއޮޅިން ހިފެހެއްޓި ސައުތު ކޮރެއާ ތެޔޮ ޓޭންކަރުގެ ފަޅުވެރިން ދޫކޮށްލައިފި އެވެ. އީރާނުން އެއިރު ބުނީ ޓޭންކަރު ހިފެހެއްޓީ ކަނޑަށް ތެލާއި ކެމިކަލް އަޅައި ތަޣައްރު ކުރާތީ ކަމަށެވެ.

އީރާންގެ ފޮރިން މިނިސްޓްރީ ސްޕޯކްސް ޕާސަން، ސައީދު ޚަތިބުޒާދޭ ވިދާޅުވީ ކެޕްޓަން ފިޔަވައި ދެންތިބި މީހުން ދޫކޮށްލީ ސައުތު ކޮރެއާއިން އެކަމަށް އެދުމުން ކަމަށެވެ.

ސައުތު ކޮރެއާގެ ތެޔޮ ޓޭންކަރު އީރާނުން ހިފެއްޓި އަސްލު ސަބަބަކީ ސައުތު ކޮރެއާ ބޭންކްތަކުގައި ހިފައްޓާފައި ހުރި އީރާންގެ ފައިސާ އެ ގައުމުން ދޫކޮށްނުލުމެވެ. އެމެރިކާ ބުނެގެން އީރާން ދަތި ކުރަން ކުރާ މަސައްކަތުގައި ސައުތު ކޮރެއާ ވެސް މިވަނީ ބައިވެރިވެފަ އެވެ.

އީރާނުން ފަޅުވެރިން ދޫކޮށްލުމުގެ ކުރިން ވެސް ވަނީ ސައުތު ކޮރެއާގެ ފޮރިން މިސްޓަރަށް މިވާކަ އަންގާފަ އެވެ. ބޭނުންތަކުގައި ހުރީ އީރާނުން ތެޔޮޮ ވިއްކައިގެން ހޯދާފައި ހުރި ފައިސާ ކަމަށް ހަނދާން ކޮށްދީފަ އެވެ. އެހެންވެ އީރާނުން ދެކޭ ގޮތުގައި އެއީ އީރާނަށް ލިބެންޖެހޭ ފައިސާ އެވެ.

ސައުތު ކޮރެއާއިން ބުނީ ބޭނުންގައި ހުރި ފައިސާ ދޫކޮށް ދެވޭތޯ ވަރަށް މަސައްކަތް ކުރާނެ ކަމަށެވެ. އެ ގައުމުން ބަޔާން ނުކުރި ނަމަވެސް ފައިސާ ހިފަހައްޓަން ޖެހުނީ އެމެރިކާ ބުނި ބުނުމަށް ކޮންމެހެން ކުރަންޖެހި މަޖުބޫރު ވެގެންނެވެ.