މާލޭ ސިޓީ ކައުންސިލް

ސަބަބެއް ނެތި ކައުންސިލުން ގަސް ނުކަނޑާނެ: މޭޔަރު

މަގުބޫލު ސަބަބަކާއި ނުލައި ގަސް ނުކަނޑާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅު ވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލުން ގަސް ކަނޑާ ކަމުގެ ޝަކުވާތައް ވިލިމާލޭގެ ބީޗް ރައްކާތެރިކަމާއިއެކު ބަލަހައްޓަން ހަދާފައިވާ ސޭވް ދަ ބީޗް ޖަމިއްޔާއިން، ކޮށްފައި ވަނިކޮށް ޝިފާ ވިދާޅުވީ މަގުބޫލު ސަބަބަކާއި ނުލައި ކައުންސިލް އިދާރާއިން ގަސް ނުކަނޑާނެ ކަމަށެވެ.

ޝިފާ ވިދާޅުވި ގޮތުގައި ގަސް ކަނޑާނީ ގަހުގައި ހޮއެ ހެދިގެން ނުވަތަ ފަނި ކެއުން ފަދަ ސަބަބެއް މެދުވެރި ވެގެނެވެ. އަދި ސިފައިންގެ ފަޔާ ސާވިސްގެ އެދުމަށާއި ގަހެއްގެ ގޮފިގަނޑެއް ވެއްޓިގެން މީހަކަށް އަނިޔާއެއް ވެދާނެ ކަމަށް ބެލެވިގެން ވެސް ގަސް ކަނޑަން ޖެހިދާނެ ކަމަށެވެ.