ދުނިޔެ

ޓްރަމްޕް އިމްޕީޗްކޮށް، ރަސްމީކޮށް ދައުވާއުފުލައިފި

ހައުސް ސްޕީކާ ނޭންސީ ޕެލޯސީ: ޓްރަމްޕް އިމްޕީޗްކުރަން ނަގާ ވޯޓް މަރުހަލާ
0%
0%
0%

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗްކޮށްފި އެވެ. ހައުސް އޮފް ރެޕްޒެންޓެތިވްސްއިން ޓްރަމްޕް އިމްޕީޗްކޮށް ކުށްވެރިވާ ކަމަށް ކަނޑައެޅުމުން އޭނާއަށް ދެން ވާނެ ގޮތެއް ނިންމާނީ ސެނެޓުންނެވެ.

ޓްރަމްޕްއަށް ވަފާތެރި ސަޕޯޓަރުން މިމަހުގެ ހަވަނަ ދުވަހު ކެޕިޓަލް ތެރެއަށް ވަދެގަނެ ހިންގި ހަމަނުޖެހުންތަކަކީ ގާނޫނީ ދައުލަތެއް ބަލިކަށިކޮށްލަން ދިން ހަމަލާއެއް ކަމަށް ޑިމޮކްރެޓުން ބުނެ އެވެ. މިއީ ޓްރަމްޕް ދެއްވި ހިތްވަރުން އެރި އުދާހުގައި ބަޔަކު ހިންގި ލަދުކުޑަ އަމަލަކަށް ވާތީ ޓްރަމްޕް އިމްޕީޗްކުރީ އެވެ.

ޓްރަމްޕް: އިމްޕީޗްކުރުމަށް ފަހު މައްސަލަ ސެނެޓަށް ފޮނުވާނެ

ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން ޓްރަމްޕް އިމްޕީޗްކުރަން ނެގި ވޯޓުގައި ޑިމޮކްރެޓުންނާ އެއްކޮޅަށް 232 މެމްބަރަކު ވޯޓްދެއްވި އެވެ. އެއީ ޓްރަމްޕް ނިސްބަތްވެ ވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ 10 މެމްބަރެއްގެ ވޯޓާ ވެސް އެކު އެވެ. ޓްރަމްޕް އިމްޕީޗްކުރަން ނުފެންނަ ކަމަށް ވޯޓް ދެއްވީ 197 މެމްބަރެކެވެ.

މި ވޯޓާއެކު ޓްރަމްޕް އެވަނީ އެމެރިކާގެ ތާރީޚުން ވެސް ޖާގައެއް ކަށަވަރުކުރައްވާފަ އެވެ. މަގާމުގައި ހުންނަވަނިކޮށް ދެވަނަ ފަހަރަށް އިމްޕީޗްކުރެވުނު ފުރަތަމަ އެމެރިކާގެ ރައީސްއަށް ވެވަޑައިގެންފަ އެވެ.

ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން ޓްރަމްޕް އިމްޕީޗްކުރުމާއެކު އެކަނޑައެޅުނީ މައްސަލަ ސެނެޓަށް ފޮނުވުމަށެވެ. ސެނެޓްގައި މީހުން ހާޒިރުކޮށް ސުވާލުކޮށް އަދި ކުރަންހުރި ހުރިހާ ތަހުގީގެއް ފުރިހަމަކުރާނެ އެވެ. އެއަށް ފަހު ޓްރަމްޕާ މެދު ގޮތެއް ނިންމަން ވޯޓްނަގާނެ އެވެ.

އެމެރިކާގެ މަސްރަހު ފިނިކުރެއްވުމަށް ފަހު ވަގުތު ޓްރަމްޕް މަސައްކަތްކުރައްވަނީ

ޓްރަމްޕްގެ ދައުރު ހަމަވާން މަދު ދުވަސްކޮޅަކަށް ވެފައި ވާތީ އާއި އެމެރިކާގެ ރައިސްކަމާ ޖޯ ބައިޑަން މިމަހު 20 ގައި ހަވާލުވެވަޑައިގަންނަވަން ވަގުތު ކުޑަތަންވެފައި ވާތީ މި މައްސަލަ ސެނެޓްގައި އަދި ނުހިންގަން ވަނީ ނިންމާފަ އެވެ.

ޓްރަމްޕް އޮފީސް ދޫކުރައްވައި ވަޑައިގެންނެވި ނަމަވެސް ސެނެޓްގައި މި މައްސަލަ ހިންގާނެ އެވެ. އަދި ޓްރަމްޕްގެ ސިޔާސީ ހަޔާތާ މެދު ގޮތެއް ނިންމާނެ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910