ދުނިޔެ

ޓްރަމްޕް ވަދާއި ތަގުރީރު ދެއްވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދައުރު ހަމަ ކުރައްވައި ވައިޓް ހައުސްއިން ނިކުމެވަޑައިގަތުމުގެ ކުރިން ވަދާއީ ހިތޯބު އިއްވައިފި އެވެ. އެމަނިކުފާނުގެ ޒައާމަތުގައި ހަތަރު އަހަރު ފާއިތުވެދިއަ އިރު ވެސް އަލަށް ހަނގުރާމައެއް ނުފައްޓަވާކަން ވަރަށް ބޮޑަށް ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑު ފަޚުރުވެރިވަން،" ޓްރަމްޕް ވިދާޅުވި އެވެ. "އާ ހަނގުރާމައެއް ނުކުރާ ފުރަތަމަ ރައިސަށް ވެވުނީތީ" ވީޑިއޯ މެދުވެރި ކުރައްވައި ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެމެރިކާގައި ޖީލުތަކެއް ވެރިކަން ކޮށްފި ކަމަށާއި އޭނާ ނޫނީ ދައުރުގައި އާ ހަނުގުރާމައެއް ނުކުރާ ރައީސަކު ނެތް ކަމަށެވެ. އޭނާ ވަނީ ޒައާމަތުގައި އެކުގައި މަސައްކަތްކުރެއްވިހާ ބަޔަކަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

ޓްރަމްޕް ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގަތި އުންމީދާއި އަޒުމާއެކު ކަމަށާއި ވިސްނުންފުޅުގައި ހުރި ކިތަންމެ ކަމެއް ހާސިލް ކުރެއްވުނު ކަމަށާއި އަދި ކިތައްމެ ކަމެއް އެބަހުރި ކަމަށެވެ.

"މިއަދު އެމެރިކާ ސަރުކާރު ހިންގުން އާ އޮނިގަނޑަކަށްް ފެތިގެން ދާނެ،" ޓްރަމްޕް ވިދާޅުވި އެވެ. "ހެޔޮއެދެން، އެމެރިކާ އަކީ ރައްކާތެރި ގައުމެއް ގޮތުގަައި ހެއްދެވުމަށް ކުރައްވާ މަސައްކަތްތަކަށް ކާމިޔަބަށް ވެސް އެދެން" ޖޯ ބައިޑަންގެ ނަން ފާހަގަ ނުކުރައްވައި ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ އެމެރިކާ އާއި ބައިވެރިންގެ ކިބައިގައި ޗައިނާއާ ދެކޮޅަށް ތެދުވާހާ ހިތްވަރު މިހާރު ހުންނާނެ ކަމަށާއި މެދުއިރުމަތި ވެސް މިހާރު އެއޮތީ އެމެރިކާ ބޭނުންވާ ގޮތަށް ފުށުންޖަހާލެވިފައި ކަމަށެވެ.

"އާ އެޑްމިނިސްޓްރޭޝަނާ ބުދަ ދުވަހު މެންދުރު ބާރުތައް ހަވާލު ކުރަން އަޅުގަނޑު ތައްޔާރުވަމުން އަންނައިރު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެން ފެށި ހަރަކާތްތައް އަދި ހަމަ ކިރިޔާ ފެށުނީ،" ޓްރަމްޕް ވިދާޅުފި އެވެ.

ޓްރަމްޕް ވިދާޅުވީ ދައުލަތުގައި އޮންނަން ވާނީ ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމަށް އޮންނަ ރޫހު ކަމަށާއި އެއަށް ފަޑުކަމެއް، ކިތަންމެ ޒަމާނެއް ވިއަސް އައިސްގެން ނުވާނެ ކަމަށެވެ.