ހަބަރު

ދެ ގާޒީއެއްގެ ސުލޫކީ މައްސަލަ ބަލަނީ

Jan 14, 2021
3

ކްރިމިނަލް ކޯޓުގެ އިތުރުން ސިވިލް ކޯޓުގެ ގާޒީއެއް ސުލޫކީ މައްސަލަ ބަލަމުންދާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފި އެވެ.

ޖޭއެސްސީއިން މިއަދު ނެރުނު ބަޔާނެއްގައި ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދުގެ ސަމީރާއި، ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދާގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައިވާ ކަމަށެވެ.

ގާޒީ ސަމީރާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލައަކީ، އޭނާ ބެއްލެވި މައްސަލައެއްގައި ދިފާއީ ވަކީލަކަށް ވާހަކަ ދެއްކުމަށް އެކީށީގެންވާ ފުރުސަތު ނުދީ، ޝަރީއަތުގެ އަޑުއެހުން ކުރިއަށްގެންދިޔުމުގައި އެކަށީގެންނުވާ ގޮތަށް އޭނާ އަމަލު ކުރި ކަމަށް ބުނާ މައްސަލައެކެވެ.

އަދި އެހެން އަޑުއެހުމެއްގައި ދިފާއީ ވަކީލުން ކުށްވެރިވާ ފަދަ ގޮތަކަށްގާޒީ ސަމީރު ވާހަކަ ދައްކަވައި އެ ވަކީލުންނާ މެދު ތައައްސަބެއް އޮތްކަން ހާމަވާ ފަދަ ގޮތަކަށް މަސައްކަތް ކުރެއްވި ކަމަށް ބުނާ މައްސަލައެކެވެ.

މަރިޔަމް ވަހީދާއަށް ތުހުމަތު ކުރެވޭ މައްސަލައަކީ އޭނާ ބެއްލެވި މައްސަލައެއްގައި ހިމެނޭ ހަސްމަކާ، އެ މައްސަލައާ ގުޅޭގޮތުން ޝަރީއަތުުގެ ބޭރުން މުއާމަލާތްކޮށް، ހުކުމް ތަންފީޒު މައްސަލަތައް ބެލުމުގައި އަމަލުކުރާ އުސޫލުތަކާއި ހިލާފަށް އޭނަ އަމަލުކޮށްފައިވާ ކަމަށް ބުނާ މައްސަލައެކެވެ.

އެ ދެ ގާޒީންނަށް ތުހުމަތުވާ ސުލޫކީ މައްސަލަ ބަލަން އިއްޔެ ނިންމައި، ތަހުގީގު ކޮމިޓީ އެކުލަވާލެވިފައިވާކަމަށް އެ ކޮމިޝަނުން އިތުރަށް ބުންޏެވެ.