ވިޔަފާރިވެރިޔާ އަހުމަދު ޝިޔާމްގެ އޮޅުވެލި ރިސޯޓުން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. މީގެ ކުރިން އެ ރިސޯޓުން 24 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.
އެޗްއީއޯސީން ބުނީ އޮޅުވެލި ރިސޯޓުން އިތުރު ދެ މީހަކު ޕޮޒިޓިވްވެ އެ ކްލަސްޓާ 26 އަށް އަރާފައިވާ ކަމަށެވެ. އެއީ މުޅީންވެސް އެ ރަށުގައި މަސައްކަތް ކުރާ މުވައްޒިފުންނެވެ. ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން 54 މީހަކު ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވިފައިވެއެވެ. އެޗްއީއޯސީން ބުނީ އެ ރިސޯޓުގެ މުވައްޒިފުން ކޮވިޑަށް ޓެސްޓްކޮށްފަައިވަނީ އެ ރަށުން ހަތަރު މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ކަމަށެވެ.
މީގެ އިތުރުން މިއަދު އިރުވެލި ރިސޯޓުން ދެ މީހަކު އަދި ސަންގެލި ރިސޯޓުން 10 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.