ދުނިޔެ

ބައިޑަން ހުވާކުރައްވާ ރަސްމިއްޔާތުގެ ރިހާސަލް ލަސްކޮށްފި

އެމެރިކާގެ ރައީސް ކަމަށް ހޮވިވަޑައިގެން ހުންނެވި ޖޯ ބައިޑަން މަގާމުގެ ހުވާ ކުރައްވާ ރަސްމިއްޔާތަށް ބާއްވާ ފަރިތަކުރުން، ރިހާސަލް އެއް ދުވަސް ލަސް ކޮށްފި އެވެ. ހޯމްލޭންޑް ސެކިއުރިޓީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި، ޑެޕިއުޓީ ސެކްރެޓަރީ، ކެން ކުޗިނެއްލީ ވިދާޅުވީ އެއް ދުވަސް ލަސް ކުރީ މަސްރަހު އަމާންކަން ކަށަވަރުު ނުވާތީ ކަމަށެވެ.

"ރިހާސަލް ދެން އޮންނާނީ ހޯމަ ދުވަހު،" ކުޗިނެއްލީ ވިދާޅުވި އެވެ. "ބައިޑަންގެ ޓީމުން ވެސް ބޭނުންފުޅުވެ ލައްވަނީ އެއްދުވަސް ލަސް ކުރަން" އޭނާ ވިދާޅުވީ ތާވަލަށް ކުޑަ ބަދައެއް އައި ނަމަވެސް، ހުރިހާ ކަމެއްގައި ފަހުގޮތް ކިޔައި ނިންމާނީ ސީކްރެޓް ސާވިސްއިން ކަމަށެވެ.

ކުޗިނެއްލީ ވިދާޅުވީ ވިސްނުމަކީ އެއްދުވަސް ލަސްކޮށް އެޖެންޑާ ހަމަޖައްސައި، ސީކްރެޓް ސާވިސްއިން ފޯރި މަރާ ސަހައްދުތައް ކަނޑައެޅުން ކަމަށެވެ. އެއީ ވޮޝިންޓަން މެޓްރޯ ސަރަހައްދުން ކޮންމެ ހިސާބެއްގައި ކަމެއް ހިނގި ނަމަވެސް އިޖާބަ ދެވޭ ވަރަށް ކަމަށެވެ.

ސެކިއުރިޓީ އޮފިޝަލުން ވިދާޅުވާ ގޮތުގައި ދާހިލީ ހަމަނުޖެހުމެއް ހިންގުން އެންމެ އެކަށީގެން ވަނީ، ހުވާ ކުރައްވާ ރަސްމިއްޔާތު އޮންނަ ދުަވަހު އެވެ. މިފަދަ ހަރަކާތައް ހިންގާ މީހުން މިހާރު ތިބޭނީ ހައުސްގައި ހިންގި ހަމަނުޖެހުންތަކުން ދަސް ކޮށްގެންނެވެ. އަދި އެއީ އެމީހުންނަށް ލިބުނު ކާމިޔާބެއް ކަމަށް ބަލައިގެންނެވެ.

ކުޗިނެއްލީ ވިދާޅުވީ ހަމަނުޖެހުމެއް ހިންގަންޏާ ހިންގާނީ ހަމައެކަނި ވޮޝިންގްޓަންގައި ނޫން ކަމަށާއި އެހެން ކޮންމެވެސް ސަރަހައްދެއްގައި ވެސް ހަމަނުޖެހުން ހިންގަފާނެ ކަމަށެވެ. އަދި މި އަހަރަކީ މިޒާތުގެ އަހަރަކަށް ވެސް ވެދާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެފްބީއައި ފަދަ ތަންފީޒީ ބާރުތަކާ އެކު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.