މަރު

ބިއްލޫރި ޕެލެޓް ދަށުވި މީހާ މަރުވެއްޖެ

Jan 16, 2021
11
އެމްޕީއެލްގެ މުދާ ޖަމާ ކުރާ ސަރަހައްދު: މި ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓައް ހިނގާ
0%
0%
100%

އެމްޕީއެލްގައި ބިއްލޫރި ޕެލެޓެއް ދަށުވެ ޒަހަމްވި މީހުންގެ ތެރެއިން އެކަކު މަރުވެއްޖެ އެވެ. އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެެމުން ދަނިކޮށް މަރުވީ ނ. ލަންދޫ، ފޭރުގަސްދޮށުގޭ، އަބްދުﷲ އާސިމް 27، އެވެ.

އާސިމް މީހާ މަރުވީ ރޭ ފަތިހު 5:40 ހާއިރު އެވެ. އޭނާއަކީ އެ ހާދިސާގައި އެންމެ ބޮޑަށް ޒަހަމްވި މީހާ އެވެ.

އޭނާ ބިއްލޫރި ޕެލެޓްގެ ދަށުވެ ޒަހަމްވީ މި މަހު ހަތް ވަނަ ދުވަހުގެ ރޭގަ އެވެ. އޭނާ ތާށިވީ ކޮންޓެއިނަރުގެ ބިތާއި ބިއްލޫރިތަކާ ދެމެދު އެވެ. ބިއްލޫރި ޕެލެޓް ވެއްޓުނީ އޭނާގެ މޭމައްޗަށެވެ. އޭގެ ސަބަބުން އޭނާ ވަރަށް ބޮޑަށް ޒަހަމްވެ އެތެރެހައްޓާއެކު ގިނަ އަނިޔާތަކެއް ލިބުނެވެ. އެ ގޮތުން އެތެރެހައްޓަށް ގިނަ އަދަދަކަށް ލޭ ފޭދި އަތުގެ އުޅަނބޮއްޓާއި ކުޑަހުޅާއި ފައިގެ އުކުޅުވަޅު ބިންދައިގެން ގޮސް މައިބަދަޔަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެއެވެ.

ބިއްލޫރި ޕެލެޓްގެ ދަށުވެ ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް މިއަދު އޭނާ މަރުވި އިރު އޭނާއާއެކު ބިއްލޫރި ޕެލެޓް ކޮންޓޭނަރުން ނެރެން ފޯކް ލިފްޓްގައި ސައްކަތް ކުރީ އިތުރު ދެ މީހެކެވެ. އޭގެ ތެރެއިން އެކަކު ބޮޑު ކޮށް ޒަހަމްވެ ތިން ވަނަ މީހާއަށް ވެސް ކުދި އަނިޔާތައް ލިބުނެވެ.

މަސައްކަތުގެ ތެރޭގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓް ހިނގުން ރާއްޖޭގައި އާންމު ކަމަކަށްވެފައިވާއިރު އެމްޕީއެލްގައި މިފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ރާއްޖޭގައި ގިނަ އެވެ.

11 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ރަޙުމްކުރޭ!

އަނިޔާގައި ނިޔާވި ޒުވާނާއަށް ﷲ ފާފަ ފުއްސަވައި ކަށްވަޅު ތަނަވަސް ކުރައްވައި، ޖަންނަތުލް ފިރުދައުސް މިންވަރު ކުރައްވާށި! އާމީން . މިފަދަ ހިތާމަވެރި ލިޔުންތައް ލިޔާއިރު ދުނިޔެ ދޫކުރި ފަރާތަށް ނިސްބަތްކޮށް، "މަރުވީ" ގެ ބަދަލުގައި ރަޙުމާއި ލޯތްބާއެކު "ނިޔާވީ" އަދި އޭނާ ގެ ބަދަލުގައި "މަރްޙޫމް ނުވަތަ ނަން" މިފަދަ ގޮތްތައް ބޭނުން ކުރެއްވުމަށް އެދެމެވެ. 4 ވަނަ ޕެރެގްރާފްގައި، ބޮޑުކޮށް ޒަޚަމްވީ ވާހަކައިގެ ބަދަލުގައި ބޮޑަށް ޒަޚަމްވީ ވާހަކަ އޮތްނަމަ، ޙާދިސާއާ މާބޮޑަށް ގުޅުނީހެވެ. ބޮޑުކޮށް، ބޯކޮށް ނުވަތަ ގަނޑުކޮށް މިފަދަ ބަސްތަކަކީ ހިތާމަވެރި ޙާދިސާއެއް ގެނެސް ދިނުމަށް އެއްގޮތަކަށް ވެސް އެކަށީގެންވާ ބަސްބަހެއް ނޫނެވެ.

އަހުމަދު މުޙައްމަދު

މަރުވެއްޖެ އަށް ވުރެ ރީތި ބަހެއް ނެތްތޯ ؟ މި ބަސް ކިޔަން ވަރަށް އުނދަގޫ ކުރޭ ! ކިތަންމެ ނިކަމެއްޗަކަސް މިއަށް ވުރެ ރީތި ބަހެއް އޮންނާނެހެން ހީވާތީ އަހާލީ. މިފަދަ ހިތާމަވެރި ކަންކަމުގަ ދުނިޔެ ދޫކުރާ ފަރާތްތަކުގެ މައުލޫމާތު ގެނެސްދޭ ގޮތުން އިތުރަށް ހިތާމަ ބޮޑުވޭ. އޭނާ އަކީ ﷲ ގެ ހަޟްރަތުގަ ކިހާ ޤަދަރުވެރި އެއްކަން ކާކަށް އެނގެނީ. ﷲ މަރުހޫމުގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާށި. އާމީން

ނައިނާ

ހިތާމަވެރި. މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރު ނުވާނެހެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުން ވަރަށް ރަނގަޅު.

ވާސި

ހިތާމަ ކުރަން.ހެޔޮރަހްމަތް ލައްވާށި 😫😫😫

ل م

انا لله وانا اليه راجعون اللهم اغفر له وارحمه

މަރީނާ×××

ކަމެއްްވާާނީީ ބުނެފައެއްް ނޫން.ހާދަ ދެރައޭ. މަތްޔިތާގެ ފާފަފުއްސަވާށި

ނިޝާން

އާސިމް އައް ހެޔޮ ރަހުމަތް ލައްވާށި 😣😒

ޝާހީން ސިންކު

އާމީން

ގިޔާ

އާސިމް ސަލާމަތް ވާނެކަމައް ވަރައް އުންމީދު ކުރެވިނު 😭

ލުކް

ހާދަ ދެރަ އޭ 😞

ރަންގު

އއިންނާލިﷲވަ އިންނާ އިލަހިރާޖިޢޫން

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345