މާލޭ ސިޓީ ކައުންސިލް

13 ފަރާތަކުން މިއަދު މަސައްކަތަށް މަގު ބަންދު ކުރާނެ

އެކި މަސައްކަތްތައް ކުރަން މަގު ބަންދު ކުރަން 13 ފަރާތަކަށް މާލޭ ސިޓީ ކައުންސިލުން ހުއްދަ ދީފި އެވެ.

މިއަދުގެ އިރު އޮއްސި 6:00 ރޭގަނޑު 12:00 އަށް މާލޭގެ ވައިޖެހޭ ގޯޅި އާއި ސޯސަން މަގުގެ އިތުރުން ރަތްފުސްގޯޅި ބަންދު ކުރާނެ އެވެ. މިއަދު ހެނދުނު 8:00 ން މެންދުރު 2:00 އަށް ބަންދު ކުރާނީ ބުރުޒު މަގާއި، ދެވިނަ މަގާއި ފަޅުމަތީ މަގާއި ނިކަގަސް މަގާއި އަމީނީ މަގުގެ އިތުރުން ކެނބެރީ މަގެވެ. ހެނދުނު 9:00 ން ހަވީރު 5:00 އަށް ބަންދު ކުރަން ހުއްދަ ދީފައި ވަނީ ބުރުޒު މަގާއި މޫނިމާ ހިނގުމެވެ.

މިއަދު އެންމެ ގިނައިން މަގު ބަންދު ކުރަން ހުއްދަ ދީފައިވަނީ ދިރާގަށެވެ. މިއަދު ހެނދުނު 10:00 ން މެންދުރު 2:00 އަށް ހަ މަގެއްގައި ކޭބަލް އަޅަން އެ މަގުތައް ބަންދު ކުރަން ދިރާގަށް ހުއްދަ ދީފައި ވެއެވެ. އެއީ ހުސްނުހިނާ މަގާއި، ހިތަށް ފިނިވާ މަގާއި، ނޫރާނީ ގޯޅި އާއި، މެދުޒިޔާރާތް މަގާއި ޝަހީދު އަބްދުﷲ ޒުހައިރު ހިނގުމުގެ އިތުރުން ޝަހީދު މުހައްމަދު އިބްރާހީމް ހިނގުމެވެ.