ވިޔަފާރި

އަންނަ މަހުން ފެށިގެން ޑިއުޓީ މައާފުކުރުމުގެ އުސޫލަށް އަމަލު ކުރަން ފަށަނީ

ޑިއުޓީ މާފުކުރުމުގެ އުސޫލަށް އަންނަ މަހުން ފެށިގެން އަމަލު ކުރަން ފަށާ ގޮތަށް އިމްޕޯޓް ޑިއުޓީ މައާފު ކުރުމުގެ އުސޫލުތައް ގެޒެޓް ކޮށްފި އެވެ.

މި އުސޫލުގައި ވާ ގޮތުން ފަށާފައި ނުވަތަ ކުރިއަށް ގެންދާ އިންވެސްޓްމަންޓްގެ ތެރެއިން ދެ މިލިއަން ޑޮލަރާއި 25 މިލިއަން ޑޮލަރުގެ މަޝްރޫއެއްނަމަ ތިން އަހަރު ދުވަހަށް ޑިއުޓީ މައާފުކޮށްދެ އެވެ. އަދި 25 މިލިއަން ޑޮލަރާއި 50 މިލިއަން ޑޮލަރާ ދެމެދުގެ އިންވެސްޓްމަންޓެއްނަމަ ފަސް އަހަރުގެ މުއްދަތެއް ލިބެ އެވެ. އަދި 50 މިލިއަން ޑޮލަރާއި 70 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ނަމަ ހަތް އަހަރު ލިބެ އެވެ. މީގެ އިތުރުން 75 މިލިއަން ޑޮލަރާއި 100 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ނަމަ 10 އަހަރަށް ޑިއުޓީ މައާފުކޮށްދެ އެވެ. މީގެ އިތުރުން އިންވެސްޓްމަންޓުގެ އަގު 100 މިލިއަން ޑޮލަރަށްވުރެ ބޮޑުނަމަ 15 އަހަރު ލިބެ އެވެ.

މި ގަވާއިދުގައި ވާ ގޮތުން ހާއްސަ ހާލަތްތަކާ ގުޅިގެން ގެންނަ މުދަލުން ވެސް ޑިއުޓީ މައާފުކޮށްދޭނެ އެވެ.