އީގަލްސް

އީގަލްސްގެ ކޯޗް ކަމުން މޯހަން ވަކިކޮށްފި

ކުލަބް އީގަލްސްގެ ކޯޗް ކަމުން މުހައްމަދު ޝިޔާޒުު (މޯހަން) ވަކިކޮށްފި އެވެ.

އީގަލްސް އިން އާންމު ކުރި ސްޓޭޓްމެންޓްގައި ބުނެފައި ވަނީ، އެ ކުލަބުން މޯހަން އާއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލަން ނިންމީ ދެ ފަރާތް އެއްބަސް ވެގެން ކަމަށެވެ. އަދި އެ ގޮތަކީ، ދެ ފަރާތަށް ވެސް އެންމެ ފައިދާ ވާނެ ގޮތް ކަމަށް ވާތީ ކަމަށެވެ.

މޯހަންގެ ކޯޗް ކަމުގެ ދަށުން އީގަލްސް ވަނި، ސިޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މާޒިޔާ ބަލިކޮށް ކާމިޔާބު ކޮށްފަ އެވެ. އެހެން ނަމަވެސް ލީގްގައި ކުޅުނު ފަސް މެޗުގެ ތެރެއިން އީގަލްސް މޮޅުވީ އެންމެ މެޗަކުންނެވެ.

މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގްގެ ދެ ވަނަ އީގަލްސްއަށް ހޯދައި ދިނެވެ.