ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އޮޅުވެލި ކްލަސްޓާ: ޕޮޒިޓިވް އަދަދު 59 އަށް

ވިޔަފާރިވެރިޔާ އަހުމަދު ޝިޔާމްގެ އޮޅުވެލި ރިސޯޓުން އިތުރު 32 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. މީގެ ކުރިން އެ ރިސޯޓުން 26 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

އެޗްއީއޯސީން ބުނީ އޮޅުވެލި ރިސޯޓުން އިތުރު 32 މީހަކު ޕޮޒިޓިވްވެ އެ ކްލަސްޓާ 58 އަށް އަރާފައިވާ ކަމަށެވެ. މިއަދު ޕޮޒިޓިވްވީވެސް މުޅީންވެސް އެ ރަށުގައި މަސައްކަތް ކުރާ މުވައްޒިފުންނެވެ. އެޗްއީއޯސީން ބުނީ އެ ރިސޯޓުގެ މުވައްޒިފުން ކޮވިޑަށް ޓެސްޓްކޮށްފަައިވަނީ އެ ރަށުން ހަތަރު މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ކަމަށެވެ.

މީގެ ކުރިން ރިސޯޓްތަކުން 121 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ބިޔާދޫ ރިސޯޓުން ޕޮޒިޓިވްވި 53 މީހަކާއި ސަންގެލި ރިސޯޓުން ޕޮޒިޓިވްވި 42 މީހެކެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު މީގެ ދެ ހަފްތާއެއްހާ ދުވަސްކުރިން އެކްޓިވް ކޭސް 500 އިން ދަށުގައި ހުރި ނަމަވެސް މިހާރު އެ އަދަދު ހުރީ 901 ގައެވެ. އެ މުއްދަތުގައި ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔައީ 25 މީހަކަށް ނަމަވެސް މިހާރު އެ އަދަދު ވަނީ 68 އުފުލިފައެވެ.