ދުނިޔެ

ނަވާލްނީ ހައްޔަރުކުރާނެ ކަމަށް ރަޝިއާއިން ބުނެފި

ޖަރުމަނުގައި ހުންނެވި ރަޝިއާގެ އިދިކޮޅު ލީޑަރު، އެލެކްސީ ނަވާލްނީ ގައުމަށް ވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ނަވާލްނީ ޖަރުމަނަށް ގެންދެވުނީ ހާލު ދެރަވުމުގެ ސަބަބުން ފަރުވާ ދެއްވުމަށެވެ. ނަވާލްނީ އާއި ސަޕޯޓަރުން ބުނާ ގޮތުގައި އޭނާއަށް ވަނީ ނޮވިޗޮކް ކެމިކަލް ބޭނުންކޮށްގެން ވިހަދީފަ އެވެ. ރަޝިއާ ސަރުކާރުން ބުނީ ނަވާލްނީއަށް ވިހަ ދިނުމަކީ ދެނެހުރި ކަމެއް ނޫން ކަމަށާއި ސަރުކާރުން އެފަދަ ކަމަކަށް ސްޕޮންސާ ނުކުރާ ކަމަށެވެ.

މިދިއަ އަހަރު އޯގަސްޓްގައި ނަވާލްނީ ޖަރުމަނަށް ގެންދެވުނު ފަހުން އަދި ރަޝިއާއަށް ވަޑައި ނުގަންނަވަ އެވެ.

ރަޝިއާގެ ޕްރިޒަން ސާވިސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނަވާލްނީ ވަޑައިގަންނަވާ ތަނުން ހައްޔަރު ކުރުމަށް ކުރަން ޖެހޭ ކަމެއް ކުރާނެ ކަމަށެވެ. ޕްރިޒަންސް ސަވިސްއިން ބުނީ އޭނާ އަކީ ބޭނުން ޖެހިގެން ހޯދާ މީހެއް ކަމަށާއި އޭނާ އުޅޭ ތަނަކާބެހޭ ގޮތުން މަހަކު ދެ ފަހަރު އަންގަން ޖެހޭ ކަމަށް ބުނެ ކޮށްފައިވާ އަމުރަށް ވެސް އޭނާ ތަބާވެފައި ނުވާ ކަމަށެވެ.

ނަވާލްނީ ވިދާޅުވީ އުޅުއްވާ ތަނަކާ ބެހޭ ގޮތުން އެންގޭ ވަރަށް ވުރެ ހާލުކޮށް ދެރަވި ކަމަށާއި ޕްރިޒަންސްއިން އެ ބުނާ ދުވަސްތަކުގައި ޖަރުމަނުގައި ފަރުވާ ހޯއްދެވީ ކަމަށެވެ.

ދެފަރާތުގެ ވާހަތައް މިހެން ހުރި ނަމަވެސް ބޮޑަށް ބެލެވެނީ މި މައްސަލައަށް ގޮތެއް ކިޔާނީ ރަޝިއާ ކޯޓުން ކަމަށެވެ. ޖެނުއަރީ 29 ގައި ކޯޓުގައި އަޑުއެހުމެއް އޮންނާނެ ކަމަށް ވެސް ބުނެވެ އެވެ.