ހަބަރު

އުޅަނދު އަޅާއިރު މަޑިއަށް ގެއްލުންވާތީ އިލްތިމާސެއް

Jan 17, 2021
10

އުޅަނދުފަހަރު އެޅުމުގައި އަޅާ ވާތަކުގައި އޮޅި ތާށިވެ އެންމަޑިއަށް ގެއްލުންވާ ހާދިސާތައް ފަހަކަށް އައިސް އިތުރު ވަމުން ދާތީ، އެކަން ކުރުމުގައި ސަމާލުވާން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އިލްތިމާސެއް ކޮށްފި އެވެ.

އީޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އުޅަނދުފަހަރު އެޅުމަށް ކަނޑާއި މޫދުގައި އަޅާފައިވާ ވާތަކުގައި ތާށިވެ، އެންމަޑި މަރުވުވުމުގެ ހާދިސާތައް އިތުރުވަމުން ދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގެ ކަނޑުތަކުގައި އުޅޭ އެންމަޑީގެ ހުރިހާ ބާވަތްތަކަކީ 2014 ވަނަ އަހަރުން ފެށިގެން ހިމާޔަތް ކޮށްފައިވާ ދިރުންތަކެކެވެ. އުޅަނދުފަހަރު އެޅުމަށްޓަކައި ކަނޑާއި މޫދުގައި ވާ އަޅާއިރު، އެފަދަ ދިރުންތަކަށް ގެއްލުން ނުވާނެ ގޮތަށް ދޯނި އެޅުމަށް ވަނީ އެދިފަ އެވެ.

އިތުރަށް ބުނީ، އެންމަޑި އަދި ވައިފިޔަމަޑި ފަދަ މަޑީގެ ބާވަތްތަކަކީ ތިމާވެށީގެ އިތުރުން އިގުތިސޯދީ ގޮތުން މުހިއްމު ދިރުންތަކަކަށްވާއިރު، އެ ދިރުންތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމަށްޓަކައި އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.