މޯލްޑިވްސް ޕޮލިސް ސާވިސް ހިންގެވުމުގެ ޒިންމާ ހަވާލުކުރައްވާފައި ހުންނެވި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު ފުލުހުންގެ މެނޭޖްމަންޓް ބޯޑާ ބައްދަލު ކުރައްވައިފިއެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ބައްދަލުވުމުގައި އަރީފު ވަނީ ފުލުހުންގެ މުއައްސަސާގެ ހިންގުން ހަރުދަނާކޮށް އާންމުންގެ އިތުބާރާއި ޔަގީންކަން ހޯދަން ގުޅިގެން މަސައްކަތް ކުރެއްވުމަށް މެނޭޖްމަންޓް ބޯޑުގައި އެދިވަޑައިގެންފައެވެ. މިއާ
އަދި ފުލުހުންގެ ސަފުތަކުގެ ބަދަހިކަން ވަރުގަދަކޮށް ހިދުމަތް ކުރުމުގައި ގާނޫނީ ޒިންމާ އަދާކުރުންމަތީ ހުރިހާ ފުލުހުން ދެމި ތިބުމަށް ބާރު އަޅައި ހުރިހާ ފުލުހުން ލައްވައި މަސައްކަތް ކޮށްދެއްވަން ވެސް އަރީފު އެދިވަޑައިގެންނެވި އެވެ.
އަރީފު ވިދާޅުވީ ރަށުތެރޭގައި އަމާންކަން ގާއިމްކޮށް މަސްލަހަތު ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ހުއްޓުމެއް ކުރުންމަތީ ފުލުހުން ދެމިތިބެން ޖެހޭނެ ކަމަށާއި އެކަމަށް މެނޭޖްމަންޓް ބޯޑުގެ ހުރިހާ މެމްބަރުން އެކަތިގަނޑަކަށްވެ މަސައްކަތް ކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.