ކުށްކުރުން

ހުޅުމާލޭ މީރާ އޮފީސް ފަޅާލައިފި

Jan 17, 2021
1

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ (މީރާ) ގެ ހުޅުމާލެ އޮފީސް ފަޅާލައި 37,000 އަށްވުރެ ގިނަ ރުފިޔާ ބަޔަކު ވަގަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ އެ މައްސަލަ މިއަދު ހެނދުނު އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށާއި އެ އޮފީހުން 37,000 ރުފިޔާ އާއި ރެވެނިއު ސްޓޭންޕްތަކެއް ވަގަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން ދަނީ މައްސަލަ ބަލައި ތަހުގީގު ކުރަމުންނެވެ.