ހަބަރު

އަދީބުގެ ބަންދުގެ މައްސަލަ އިސްތިއުނާފު ކުރަނީ

Oct 25, 2015
1

ނައިބު ރައީސް އަހުމަދު އަދީބުގެ ބަންދުގެ މުއްދަތު އިތުރު ކުރި މައްސަލަ ހައި ކޯޓްގައި އިސްތިއުނާފު ކުރަން، އެމަނިކުފާނުގެ ވަކީލުން ނިންމައިފި އެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި މުއްދަތު މަޖިލީހުގައި ނައިބު ރައީސްގެ ބަންދުގެ މުއްދަތު ވަނީ 15 ދުވަހަށް އިތުރުކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި މުއްދަތު އިތުރު ކުރި މައްސަލަ އިސްތިއުނާފު ކުރަން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި ވަކީލުން އަލުން ނައިބު ރައީސްއާ ބައްދަލު ކުރާނެ ކަމަށް ވެސް އެނގިފައިވެ އެވެ.

ނައިބު ރައީސްގެ މައްޗަށް ތުހުމަތު ކުރަނީ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާގައި ބައިވެރިވި ކަމުގެ ތުހުމަތެވެ. އެހެން ނަމަވެސް އެމަނިކުފާނު އެކަން ވަނީ ދޮގު ކުރައްވައިފަ އެވެ.