ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައިޖީއެމްއެޗް

ކޮވިޑް: އައިޖީއެމްއެޗުން ތިންލައްކަ ޓެސްޓް ހަދައިފި

Jan 17, 2021
3

މިހާތަނަށް 200،000 ވުރެ ގިނަ ސާމްޕަލް ކޮވިޑަށް ޓެސްޓްކޮށްފައިވާ ކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެފި އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލުން ބުނީ ކޮވިޑްގެ ބަލި މީހުން ރާއްޖެއިން ފެންނަން ފެށުމާއެކު އެ ހޮސްޕިޓަލުން ކޮވިޑަށް ޓެސްޓް ކުރަން ފަށާފައިވާ ކަމަށާ މިއަދުގެ ނިޔަލަށް 203450 ގިނަ ސާމްޕަލް ޓެސްޓްކޮށްފައިވާ ކަމަށެވެ.

ރާއްޖެއިން ކޮވިޑްގެ ބަލި މީހަކު ފެނުނުތާ މިއަދަށް 316 ދުވަސް ވީއެވެ. މިހާތަނަށް 361،891 ސާމްޕަލް ވަނީ ޓެސްޓްކޮށްފައެވެ. ކޮވިޑަށް ރާއްޖެއިން އެންމެ ފުރަތަމަ ޓެސްޓް ކުރަން ފެށީވެސް އައިޖީއެމް ހޮސްޕިޓަލުންނެވެ. އޭގެ ފަހުން ފުލުހުންގެ ލެބުންވެސް ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ. ނަމަވެސް އެއީ އޭރު ކެޕޭސިޓީ ހުރި ގޮތުންނެވެ. މިހާރު ފުލުހުންގެ ލެބުން ކޮވިޑަށް ޓެސްޓް ކުރުން ވަނީ ހުއްޓާލާފައެވެ. އޭޑީކޭ ހޮސްޕިޓަލާއި ޓްރީޓޮޕުންވެސް ވަނީ ކޮވިޑަށް ޓެސްޓް ކުރަމުންނެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުގައި ހުރި ފަސް ރީޖަނަލް ހޮސްޕިޓަލުންވެސް ކޮވިޑަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.