ޔޫތު މިނިސްޓްރީ އާއި ހދ. ކުޅުދުއްފުށީ ކައުންސިލާއި ގުޅިގެން އެ ރަށުގައި ފޮޓޯގްރަފީގެ ތަމްރީނެއް ކުރިޔަށް ގެންދަން ނިންމައިފި އެވެ.
ކައުންސިލުން ބުނީ މިއީ ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގެ ސްޓްރެޓަޖީތައް ހާސިލް ކުރުމުގެ ގޮތުން އަތޮޅު ތެރޭގެ ޒުވާނުންގެ ހުނަރު ކުރިއަރުވައި ދޭން ރޭވި ޕްރޮގްރާމެއް ކަމަށެވެ.
ޕްރޮގްރާމް ހިންގާނީ އަންނަ ބުދަ ދުވަހުން ފެށިގެން މި މަހު 27 ވަނަ ދުވަހާއި ހަމަ އަށެވެ. ޕްރޮގްރާމް ހިންގާނީ 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒު ކޮށް 15 ފަރާތަކަށެވެ.