މޯލްޑިވްސް ޕޮލިސް ސާވިސް

ކައުންސިލް އިންތިހާބަށް ފުލުސް ކޮމާންޑަރުން ހަމަޖައްސައިފި

Jan 18, 2021
2

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދަން ނިންމާފައިވާ ސެކިއުރިޓީ އޮޕަރޭޝަންތަކުގެ ކޮމާންޑަރާއި ޑެޕިއުޓީ ކޮމާންޑަރު ކަމަށް ބޭފުޅުން ހަމަޖައްސައިފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ކޮމާންޑަރަކަށް ކޮމިޝަނާ އޮފް ޕޮލިސްގެ ފަރާތްޕުޅުން ހަމަޖައްސާފައި ވަނީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރަޝީދެވެ.

އެ އޮޕަރޭޝަންގެ ޑެޕިއުޓީ ކޮމާންޑަރަކަށް ހަމަޖައްސާފައި ވަނީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް އަބްދުﷲ އެވެ.