ކުޅުދުއްފުށީ ސިޓީގައި ބޮނބި ތެޅުމުގެ ހިދުމަތް ދޭ ދުވަސްތަކަށް ބަދަލު ގެނެސް ހިދުމަތުގެ އަގުތައް އާންމުކޮށްފި އެވެ.
އެ ސިޓީގެ ކައުންސިލް އިދާރާއިން ބުނީ އިއްޔެ އިން ފެށިން ކުރިއެކޭ އެއްގޮތަށް ބޮނބިތެޅުމުގެ ހިދުމަތް ދެމުން ގެންދާނެ ކަމަށެވެ. އެކަން ހުރީ އެ ސިޓީގެ "ރަށްކޮޅު ގޯތިން" ކަމަށެވެ. ރަށްކޮޅު ގޯއްޗަކީ ކުޅުދުއްފުށީގައި އައިލެންޑް އެކްސްޕާޓް ސައިޓް ހިންގި އިމާރާތެވެ.
މި ބަދަލާ ގުޅިގެން ބޮނބި ތެޅުމުގެ ހިދުމަތް ދޭނެ ގަޑިތަކާއި އަގުތައް ވެސް އިއުލާނު ކޮށްފައިވާއިރު ބޮނބިތެޅުމުގެ ހިދުމަތް ބޭނުންވާ ފަރާތްތަކުން އަލަށް އިއުލާންކުރި ގަޑިތަކަށް ދިއުމުން ހިދުމަތް ލިބޭނެ ކަމަށް ބުނެފައި ވެއެވެ.
ހިދުމަތް ދޭނީ ކޮންމެ އަންގާރަ އަދި ބުރާސްފަތި ދުވަހެއްގެ ހެނދުނު 9:00 ން 12:30 އަށެވެ.
ބޮނބި ތެޅުމުގެ އަގުތައް
- 38 ގިލަނުގެ ޓައްޕެއްގެ ބޮނބި: 20 ރުފިޔާ
- 28 ގިލަނުގެ ޓައްޕެއްގެ ބޮނބި: 15 ރުފިޔާ
- 21 ގިލަނުގެ ޓައްޕެއްގެ ބޮނބި: 10 ރުފިޔާ
ބޮނބި ކުނޑިވިއްކާ އަގުތައް
- ބަސްތާއެއް: 50 ރުފިޔާ
- 10 ބަސްތާ ނަގާނަމަ ބަސްތާއެއް: 40 ރުފިޔާ