ރަންދިހަފަހެއް

ވަގު ނޫޓު ދައުރެއް ނުވޭ: އެމްއެމްއޭ

Jan 18, 2021
3

ފަސް ސަތޭކަ ރުފިޔާގެ ވަގު ނޫޓު ދައުރުވާ ކަމަށް އަޑުތައް ފެތުރިފައި ވަނިކޮށް ދިވެހި ފައިސާގެ ވަގު ނޫޓެއް ދައުރު ނުވާ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ބުނެފި އެވެ.

އެމްއެމްއޭއިން ބުނީ މިހާރު ދައުރު ވަމުންދާ ފޮޓޯގައި ފެންނަ 500ރ. ގެ ނޫޓު، އެމްއެމްއޭއިން ބެލި އިރު އެ ނޫޓަކީ ސައްހަ ނޫޓެއްކަން ޔަގީން ވެފައިވާ ކަމަށެވެ. އެކަމަކު އެ ނޫޓުގައި ކޮންމެވެސް ވަރަކަށް ކުލައެއް ޖެހިފައި ހުރި ކަމަށެވެ.

އެމްއެމްއޭއިން ބުނީ ރާއްޖޭގައި ބޭނުން ކުރާ ނަގުދު ފައިސާގެ ނޫޓަކާ މެދު ޝައްކެއް އުފެދިއްޖެ ނަމަ ވީ އެންމެ އަވަހަކަށް އެ އިދާރާ އަށް އެންގުމަށް އެދޭ ކަމަށެވެ.