އެއްކޮށްލައިގެން ބާއްވާ ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ކެމްޕޭނަށް ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށް ބުނެ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައެއް ނުގަތެވެ.
މި މައްސަލަ އިދިކޮޅު ދެ ޕާޓީން މިއަދު ކޯޓަށް ވެއްދީ ކެމްޕޭން ކުރުމުގެ ފުރުސަތު ނެތް ކަމަށް ބުނެ އެވެ.
އިދިކޮޅުގެ ދެ ޕާޓީގެ މައިގަނޑު ކަންބޮޑުވުމަކީ، ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކުން ރަށްރަށަށް ދަތުރުކުރުމުގެ ހުރަސްތަކެއް އޮތް އިރު، ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ގޮތަށް އެމްޑީޕީން ކެމްޕޭން ކުރަން ރަށްރަށަށް ދާ މައްސަލަ އެވެ.
ކައުންސިލް އިންތިހާބު އެކި ފަހަރުމަތީން ފަސްވަމުން ދާއިރު ކެމްޕޭން ކުރުމުގައި ހަމަހަމަ ފުރުސަތު ނުލިބޭ މައްސަލައަށް އާންމު ފަރާތްތަކުން ވެސް ގެންދަނީ ފާޑު ކިޔަމުންނެވެ.