ފިޔަވަތި

ފިޔަވައްޗަށް އެހީ ފޯރުކޮށްދޭ އެމްއޯޔޫ އެއްގައި ސޮއި ކޮށްފި

ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިން ބަލަހައްޓަމުން ގެންދާ ހުޅުމާލެ ފިޔަވަތި މަރުކަޒަށް މެއިންޓަނެންސް އެހީ ހޯދަން ޖެންޑާ މިނިސްޓްރީން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި އެކު މެމޮރަމްޑްމް އޮފް އަންޑާސްޓޭޑިން (އެމްއޯޔޫ) އެއްގައި ސޮއި ކޮށްފި އެވެ.

އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ، މިނިސްޓަރު އައިޝަތު މުހައްމަދު ދީދި އެވެ. އަދި އެމްއޭސީއެލުގެ ފަރާތުން ސޮއި ކުރެއްވީ، އެ ކުންފުނީގެ ޗީފް އެގްޒެކިއުޓިވް އޮފިސަރާއި މެނޭޖިންގ ޑިރެކްޓަރު ގޯޑްން އެންޑްރިއު ސްޓްވާޑެވެ.

އެއް އަަހަރު ދުވަހުގެ މުށްދަތަށް ހިނގާ އެ އެމްއޯޔޫ ގެ ދަށުން އެމްއޭސީއެލުން ފިޔަވައްޗަށް ބޭނުން ކުރާ އިލެކްޓްރޯނިކް ސާމާނު މަރާމާތު ކުރުމާއި ސާވިސްކޮށް ބެލެހެއްޓުމުގެ އިތުރުން އިމާރާތަށް ބޭނުން ކުރާ ލެޑް ލައިޓާއި ބޮކި ފަދަ ތަކެތި ބަދަލުކުރާނެ އެވެ.