ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ބްރެކްސިޓަށްފަހު އިނގިރޭސި މަސްވެރިކަމަށް ގެއްލުން

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިނގިރޭސިން ރަސްމީކޮށް ވަކިވެފައިވި ނަމަވެސް، ވިޔަފާރިއާ ގުޅުން ހުރި މުއާމަލާތްތައް އަދި ވެސް ހަމައަކަށް ނޭޅެ އެވެ. މި މަރުހަލާތަކުގައި ތާށިވެ ބޮޑު ގެއްލުމެއް ކޮނޑުއަޅަންޖެހިފައި ވަނީ އިނގިރޭސި މަސްވެރިންނެވެ.

އިނގިރޭސިން ބާނަ މަސް ޔޫރަޕަށް އެތެރެ ކުމުގައި އިނގިރޭސިވިލާތަށް ލުއިތަކެއް ލިބިފައި އޮތް ނަމަވެސް، ގުޅުން ހުރި މުއާމަލާތްތައް އަދި ވެސް ހުރީ ކަރުދާހުގައި ކަމަށް ގާނޫން ހަދާ މަޖިލީހުގެ މެމްބަރުން ވިދާޅުވެ އެވެ.

މަސްވެރިން ތަމްސީލް ކުރާ ޖަމާއަތް ތަކުން ބުނާ ގޮތުގައި މަސްވެރިންނަށް ލިބޭނެ ދެރައަކީ މި ސިނާއަތަށް ވެސް ލިބޭ ދެރައެކެވެ. މަސްވެރިން ބާނާ މަސް ޔޫރަޕަށް އެކްސްޕޯޓް ނުކުރެވި ތައްޓު މަތީގައި ކުނިވާން ދޫކޮށްލުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. މިހެން ކަންތައް ވާން މެދުވެރިވެފައި ވަނީ ޔޫރަޕުން ދީފައި އޮތް ލުޔާއެކު ވެސް، އިނގިރޭސިވިލާތުން ނިންމަން ޖެހޭ ލިއެކިޔުންތައް ލަސްވުމުންނެވެ.

މަސްވެރިން ބުނަނީ މިހާރު އަންދާޒާ ކުރެވެނީ އެއްމިލިއަން ނަމަވެސް ގޮތެއް ހަމަނުޖެހި ގިނަ ދުވަސް ވާވަރަކަށް ގެއްލުން ބޮޑުވާނެ ކަމަށެވެ.

އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ މަސައްކަތްތައް ތާށިވުމުން އެއީ ވަގުތީ ކަމެއް ކަމަށެވެ. މަސްވެރިކަން ކުރިއަރުވަން ބުރަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވަމުން ބޮޑު ވަޒީރު ވިދާޅުވީ މަސްވެރިންނަށް ލިބޭ ގެއްލުމަށް ބަދަލު ދެއްވާނެ ކަމަށެވެ. އަދި މި ސިނާއަތް ޒަމާނީކު ރަން 100 މިލިއަން ޕައުންޑް އިންވެސްޓް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.