ހަބަރު

މާރަނގައިގެ ބައެއް ތަކެތި ފެނިއްޖެ، މީހުނެއް ނުފެނޭ: އެމްއެންޑީއެފް

Oct 25, 2015

ހަބަރެއްނުވެ ގެއްލިފައިވާ "މާރަނަ 4" ދޯނީގެ ބައެއް ސާމާނުތައް އޮޔާ ދަނިކޮށް ފެނިފައިވާ ކަމަށާއި ނަމަވެސް އެ ދޯނިން ދަތުރު ކުރި މީހުން ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

މާރަނގަ ގެއްލިފައިވަނީ ދިވެއްސަކާއި ބިދޭސީއަކު މާލެއިން ފުރައިގެން އއ. ކުރަމަތި ރިސޯޓަށް ދަތުރުކުރަނިކޮށެވެ،

ނޫ ކުލައިގެ ދަވާދު ލާފައިވާ 75 ފޫޓުގެ އެ ދޯންޏާ ބެހޭ ގޮތުން އެމްއެންޑީއެފުން ބުނީ ފެނުނީ އެ ދޯނީގެ ތަކެތި ކަމަށް ބެލެވޭ ލައިފްޖެކެޓްތަކަކާއި ޕެލެޓްތަކެއް ކަމަށާއި އެތަކެތި ކޯސްޓްގާޑަށް ފެނުނީ މާލެ އަތޮޅު ޒިޔާރަތްފުށީ ބޭރުން ކަމަށެވެ.