ހަބަރު

ޒުވާނާ ނުގެއްލޭ، ހިތްހަމަނުޖެހިގެން ގެއިން ނުކުތީ

Jan 19, 2021
14

އަންހެނަކު ގެއްލިގެން އޭނާގެ އާއިލާއިން ހޯދަމުންދާ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، އެކަން ހިނގައި ދިޔަ ގޮތް ފުލުހުން މިއަދު ސާފު ކޮށްދީފި އެވެ.

އާއިލާއާ ހަވާލާދީ އައި މީޑިއާ ރިޕޯޓްތަކުގައިވާ ގޮތުގައި 21 އަހަރުގެ އަންހެން މީހާ ގެއްލިގެން ހޯދަމުންދާ ކަމަށާއި އޭނާގެ ފޯނަށް ވެސް ޖަވާބު ނުދޭ ކަމަށެވެ. އަދި އެ ޒުވާނާގެ ލޯބިވެރިޔާ އޭނާ ގެންގޮސްފައި ވަނީ "ބްލެކް މެއިލް" ކޮށްގެން ކަމަށް ވެސް އާއިލާ އިން ވަނީ ތުހުމަތުތައް ކޮށްފަ އެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ، 21 އަހަރުގެ އަންހެނަކު ގެއްލިފައިވާ ކަމަށް ބުނެ އާއިލާއިން ރިޕޯޓު ކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

ނަމަވެސް، މިހާތަނަށް ބެލި ބެލުމުގައި، އޭނާ ގެއްލިފައިނުވާ ކަމާއި، އާއިލާއާމެދު ހުރި ހިތްހަމަނުޖެހުންތަކަކާ ހެދި އަމިއްލައަށް ގެއިން ނުކުމެގެން ދިޔައީ ކަމަށެވެ. އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލާ ކަމަށެވެ.