ހަބަރު

ނޭވިގޭޝަން ސިމިއުލޭޓަރާއެކު އާ ކޯސްތަކެއް

Jan 20, 2021

(އެމްއެންޔޫން އިއްޔެ އިފްތިތާހު ކުރި ނޭވިގޭޝަން ސިމިއުލޭޓަރު ނުވަތަ "ޒަމާނި ނެވިކަމަށް - އެންމެ ފަހުގެ ސިމިއުލޭޓަރު" އާއެކު އެ ޔުނިވާސިޓީގައި މި އަހަރު އާ ކޯސް ތަކެއް ފަށާނެ ކަމަށް ބުނެފި އެވެ.

ސިމިއުލޭޓަރު އިފްތިތާހު ކޮށްދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.

މި ސިމިއުލޭޓަރަކީ ބައިނަލް އަގުވާމީ މިންގަނޑުތަކަށް ނޭވިގޭޝަން އޮފިސަރުން ތަމުރީނު ކުރާނެ ވަސީލަތެކެވެ. މި ވަސީލަތުން ދަރިވަރުންގެ ނޭވިގޭޝަނާއި ޝިޕްހޭންޑްލިންގެ ހުނަރު ހުރިވަރު ބެލޭނެ އެވެ.

އެމްއެންޔޫއިން ބުނީ އަލަށް ތައާރަފު ކުރި ސިމިއުލޭޓަރާއެެކު ސެންޓާ ފޯ މެރިޓައިމް ސްޓާޑީޒަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށެވެ.