ކައުންސިލްގެ އިހްތިސޯސްގައި ހިމެނޭ ތަންތަނުގައި ހުރި ބިންތަކުން ކުލި ނަގާނަމަ ކުއްޔަށް ހިފާފައިވާ ފަރާތާއެކު އާ އެއްބަސްވުމެއް ހަދަން ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލްތަކުގެ އިހްތިސޯސްގައި ހިމެނޭ ބިމާއި ވަސީލަތަކާއި ހަރުމުދަލު ގެ ތެރެއިން އެންޓެނާ ޖެހުމަށް ދޫކޮށްފައިވާ ބިން ތަކުން ކުލީގެ ގޮތުގައި ލިބޭ އާމްދަނީ ލިބެނީ ކައުންސިލްތަކަށެވެ.
އެ މިނިސްޓްރީން ބުނީ މި ފަދަ ނުއުފުލޭ ހަރުމުދާ ގާއިމު ކޮށްފައިވާ ބިންތަކުން ކުލި ނަގަމުން ދަނީ އެ ބިން ކުއްޔަށް ދޫކޮށްފައިވާ ފަރާތަކަށް ރަޖިސްޓަރީ ކޮށްގެން ކަމުގައިވާނަމަ، އެ ބިމެއްގެ ރަޖިސްޓަރީ އެ ކައުންސިލަކަށް ބަދަލު ކުރުމަށް ފަހު ކަމަށެވެ. އަދި ކުއްޔަށްދީފައިވާ ފަރަތާއެކު އެ ކައުންސިލުން އައު އެއްބަސްވުމެއްގައި ސޮއި ކުރަން ޖެހޭނެ ކަމަށެވެ.
މި މަސައްކަތް ލޯކަލް ގަވަމަންޓް އޮތޯރިޓީއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ އެދިފަ އެވެ.