އެމްޓީސީސީ

ހޯރަފުށީ ގޮނޑުދޮށް ހިމަޔާތް ކުރަން އެމްޓީސީސީއަށް

ހއ. ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަށް ހަވާލު ކޮށްފި އެވެ.

މި މަޝްރޫއު އެމްޓީސީސީ އަށް ހަވާލު ކުރީ އެކަމަށް ހާއްސަ ކޮށްގެން އިއްޔެ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ މަސައްކަތުގެ އެއްބަސް ވުމުގައި އެމްޓީސީސީގެ ފަރަތުން ސޮއި ކުރެއްވީ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި ޕްލޭނިންގ މިނިސްޓަރީގެ ފަރާތުން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ އެވެ.

މި މަޝްރޫއުގައި ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް 50 މީޓަރުގެ ފަސް ގްރޮއިނާއި 30 މީޓަރުގެ އެއް ގްރޮއިން ގާއިމު ކުރާނެ އެވެ.

މި މަޝްރޫއު އެމްޓީސީސީ އަށް ހަވާލުކުރީ 75 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. މަޝްރޫއުގެ އަގަކީ ގާތް ގަނޑަކަށް ހަ މިލިއަން ތިން ލައްކަ ރުފިޔާ އެވެ.