ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިންޑިއާއިން ދިން ވެކްސިން ހުރީ ރައްކާކުރަންޖެހޭ މިންގަނޑުގައި

Jan 21, 2021
2

އިންޑިއާ އިން އިއްޔެ ރާއްޖެއަށް ހަދިޔާ ކުރި ކޮވިޑް-19 އިގެ ވެކްސިން ބަހައްޓާފައިހުރީ ހުންނަންޖެހޭ މިންގަނޑުގައި ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން މިއަދު ބުނެފި އެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރީ އިނގިރޭސިވިލާތުގެ އޮކްސްފަޑް ޔުނިވާސިޓީގެ އެކްސްޓްރާޒެނެކާ ވެކްސިންގެ އެއް ލައްކަ ޑޯޒް އެވެ.

އެ ވެކްސިނަކީ އާއްމު ރެފްރިޖޭޝަންގެ ފިނިހޫނުމިނުގައި ބަހައްޓަންޖެހޭ އެއްޗަކަށްވާއިރު، އެތަކެތި ރައްކާކުރެވޭނެފަދަ ވަސީލަތްތައް ހުރިތޯ ބައެއް މީހުން ދަނީ ސުވާލު އުފައްދަމުންނެވެ.

އެކަންބޮޑުވުންތަކާ ގުޅިގެން، އެޗްއީއޯސީން މިއަދު ބުނީ އިންޑިއާ އިން އިއްޔެ ރާއްޖެއަށް ހަދިޔާ ކުރި ކޮވިޑް-19 އިގެ ވެކްސިން ބަހައްޓާފައިހުރީ ހުންނަންޖެހޭ މިންގަނޑުގައި ކަމަށާއި، އެތަކެތި ރައްކާތެރިކޮށް މޮނިޓާ ކުރެވެމުންދާ ކަމަށެވެ.

"މިހާރު ސްޓޯކުރެވިފައިވަނީ އެޗްޕީއޭ [ހެލްތު ޕްރޮޓެކްޝަން އޭޖެންސީ]ގެ ކޯލްޑް ރޫމުގައި،" އެ އެސެންޓަރުން ބުންޏެވެ.

އިންޑިއާ އިން ހަދިޔާކުރި ކޮވިޑް-19 އިގެ ވެކްސިންގެ ޝިޕްމަންޓުން 50،000 އެއްހާ މީހުންނަށް ވެކްސިން ދެވޭނެކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

އިއްޔެ ވެކްސިން ލިބުނު ނަމަވެސް، އަދި ވެކްސިން ދޭން ފެށޭނެ ތާރީހެއް ބުނަން ދަތިކަމަށާއި، އާ ވެކްސިން ޕްރޮގްރާމެއް ހިންގުމަކީ ބޮޑު މަސައްކަތަކަށްވާއިރު، އެކަމަށް މީހުން ތަމްރީނުކުރުންފަދަ ކަންކަމަށް މިހާރު ތައްޔާރުވަމުންދާ ކަމަށް ނަޒްލާ ވިދާޅުވެފައިވެ އެވެ.

India in Rajje ah hadhiyaa kohfaivaa Covishield vaccine bahattaafai vanee hunnan jehey minganduga. Rahkaatherikoh monitor kurevemun dhanee. Mihaaru store kurevifaivanee HPA cold room ga.