ހަބަރު

ހުކުމްތައް ދުވަހުން ދުވަހަށް އާއްމު ކުރަން އަންގައިފި

Jan 21, 2021
1
ރާއްޖޭގެ ސުޕްރީމް ކޯޓް
0%
0%
0%

ރާއްޖޭގެ ކޯޓުތަކުން ނިންމައި މައްސަލަތަކުގައި، ހުކުމް ކުރާ ދުވަހު ޝަރީއަތް ނިމުނު ގޮތް އާންމު ކުރަން ސުޕްރީމް ކޯޓުން އަންގައިފި އެވެ.

ސުޕްރީމް ކޯޓުން މިދިިޔަ ހޯމަ ދުވަހު ނެރުނު ޕްރެކްޓިސް ޑައިރެކްޝަންގައި ވަނީ ކޮންމެ ކޯޓަކުން ވެސް އެ ދުވަހަކު އިއްވާ ހުކުމްތައް އެ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކަށް ހުކުމްތަކުގެ އަސްލެއް އެ ދުވަހުން އެ ދުވަހަށް ހަވާލު ކުރަން ޖެހޭނެ ކަމަށެވެ.

އަދި ކޯޓުތަކުގެ ގާނޫނުގައިވާ މުއްދަތުގެ ތެރޭގައި މައްސަލަތައް ނިންމި ގޮތުގެ ފުރިހަމަ ރިޕޯޓް ތައްޔާރުކުރަން ޖެހޭނެ ކަމަށް ވެސް އެ ޑައިރެކްޝަންގައިވެ އެވެ.

މީގެ އިތުރުން، ކޯޓުތަކުން އިއްވާ ހުކުމްތައް، ހުކުމް އިއްވާ ދުވަހު، އެ ކޯޓެއްގެ ވެބްސައިޓްގައި ފަނޑިޔާރުގެ ސޮޔާ އެކު، އާންމުކުރަން ޖެހޭނެ ކަމަށް އެންމެ މަތީ ކޯޓުން އަންގާފައިވެ އެވެ.

ފަނޑިޔާރުން ވަކިވުމުން ނުވަތަ ސަސްޕެންޑް ކުރާއިރު، ހުކުމްތަކުގައި ސޮއި ނުކުރެވި ހުންނަ މައްސަލަތައް ދިމާވަމުން އަންނާތީ ނެރުނު ޑައިރެކްޝަންގައި އިތުރަށް ބުނީ، ހުކުމުތަކުގައި ލިޔުމުގެ ކުށެއް ނުވަތަ ހިސާބު އަދަދެއްގައި އޮޅުމެއް ހުންނަ ހާލަތުގައި އެކަމެއް އިސްލާހު ކުރުން ފިޔަވައި، އިތުރު ބަދަލެއް ހުކުމަކަށް ގެނެސްގެން ނުވާނެކަމަށެވެ.

އަދި އެފަދަ ބަދަލެއް ގެންނަންޖެހިއްޖެ ހާލަތެއްގައި އެ ބަދަލެއް ގެންނަން ވާނީ މައްސަލައިގެ ދެ ފަރާތް ނުވަތަ ދެ ފަރާތުގެ ވަކީލުން ހާޒިރުގައި ކަމަށް ބުނެފައިވެ އެވެ.

އެގޮތުން، ހުކުމެއް އިސްލާހުކޮށްފިނަމަ، އެކަން އެނގޭނެ ނޯޓެއް ތައްޔާރުކުރަންޖެހޭނެކަމަށް ވެސް އެ ޑިރެކްޝަނުގައިވެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ލލ

ސްޕުރިމް ކޯޓްގެ ނަން " ޝަރީޢަތް ކުރާމަތިގެ " މިނަމަށް ބަދަލް ކޮށްލުން ރަގަޅުނުންތޯ ؟ އަބަދުވެސް ނަން ބަދަލްކޮށްގެން ކޮންމެ ބަޔަކުސް އެއްކަމެއް ކުރަނީ ! ހުރިހާ ކަމަކަށް އަތްބޭނުން !

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910