ހަބަރު

މާރަނަ ދޯނީގައި ދަތުރުކުރި ދެ މީހަކު ކަނޑުމަތިން ފެނިއްޖެ

Oct 26, 2015
  • ހޯދުމުގެ މަސައްކަތް ކުރިޔަށް
  • މޫސުމަށް ބަލައިގެން ދަތުރު ކުރަން އެދޭ
  • އަދިވެސް ބައެއް ސަރަހަދުތަކަށް މޫސުން ގޯސް

ގެއްލިގެން ހޯދަމުންދާ "މާރަނަ4" ދޯނީގައި ދަތުރުކުރި ބިދޭސީ ދެ ފަޅުވެރިޔަކު ކަނޑުމަތިން ފެނިއްޖެ އެވެ. އެމްއެންޑީއެފުން ބުނީ ތިން މީހުންނާއެކު ދަތުރު ކުރި ދޯނީގައި ދަތުރު ކުރި ދެ މީހަކު ފެނުނު އިރު ހާލު ގޯސް ނޫން ކަމަށެވެ.

މި ދެ މީޙުން ފެނުނު އިރު އޮތީ ލައިފްޖެކެޓް ވެސް އަޅައިގެނެވެ. އެ ދެ މީހުން ފެނުނީ ހޯދުމުގެ މަސައްކަތް ކުރި އެއާޓެކްސީއަކަށެވެ. ނަމަވެސް އެމީހާ ފެނުނީ ކޮން ހިސާބަކުން ކަމެއް ބުނެފައެއް ނުވެއެވެ. މިހާރު އެ މީހުން އެ ދެމީހުން ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މާރަނގައިގެ ބިދޭސީ ދެ ފަޅުވެރިޔަކު ފެނުނު އިރު އިއްޔެ ވަނީ ދޯނީގެ ލައިފްޖެކެޓްތަކަކާއި ޕެލެޓްތަކެއްވެސް ފެނިފައެވެ.

ހަބަރެއްނުވެ ގެއްލިފައިވާ "މާރަނަ 4" ދޯންޏަކީ މާލެއިން ފުރައިގެން އއ. ކުރަމަތި ރިސޯޓަށް ދަތުރުކުރި ސަޕްލައި ދޯންޏެކެވެ. ނޫ ކުލައިގެ ދަވާދު ލާފައިވާ 75 ފޫޓުގެ އެ ދޯންޏާއި އޭގައި ހުރި ދިވެހި މީހާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ދަނީ ކުރަމުންނެވެ.

ރާއްޖެއަށް ހާއްސަކޮށް ދެކުނުގެ އަތޮޅުތަކަށް މޫސޫން ގޯސްވެފައިވާއިރު ކަނޑުދަތުރުތައް ކުރުމުގައި ސަމާލުވުމުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ.