ޝިދާތާ ޝަރީފު

ޝިދާތާ ފިލްމީ ތަރި ޒިޔާއާ ކައިވެނި ކުރަނީ

ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް، ފިލްމީ ތަރި އަހުމަދު ޒިޔާއާ ކައިވެނި ކުރައްވަން ނިންމަވައިިފި އެވެ.

އެ ދެ މީހުން މިރޭ ވަނީ ރަން ކިޔާފައެވެ. އަދި އެކަން ހާމަވާ ދެ ޕޯސްޓެއް އެ ދެ މީހުންގެ ފޭސްބުކްގައި އާންމުކޮށްފައިވެއެވެ. އެ ދެ މީހުން ރަން ކިޔާފައި މިވަނީ އަހަރުގެ އެންމެ ރީތި އެއް ތާރީހު ކަމަަށްވާ 2021-01-21 ގައެވެ. މިއަދުގެ ތާރީހުގައި ފެމިލީ ކޯޓުން އެކަނިވެސް 53 ކަައިވެނި ކޮށްދީފައިވެއެވެ.

އަވަސްއާ ވާހަކަ ދައްކަމުން ޒިޔާ ބުނީ ކައިވެނި އޮތީ އަންނަ މަހު ކަމަށެވެ. އަދި މިރޭ ރަންކިޔުން ކުރިއަށް ގެންގޮސްފައިވާ ކަމަަށެވެ.

"އަޅުގަނޑުމެން ދެ މީހުން ކައިވެނި އިންޝާﷲ، އަންނަ މަހު އޮންނާނެ. ވަރަށް ލޯބިން ދެ މީހުން އާ ހަޔާތެެއް މި ފަށަނީ،"

ޒިޔާ އަކީ ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ. ޝިދާތާއަކީ އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ މުގައްރިރެވެ.

ޒިޔާ ބުނީ ކައިވެނި ކުރި ނަމަވެސް ދެ މީހުންގެ ސިޔާސީ ވިސްނުމަކީ ދެ ޕާޓީއެއް ކަމުން ކުރިއަށްދާނީ އެ ގޮތުގައި ކަމަށެވެ.

މި ސަރުކާރުގެ ފުރަތަމަ ޖެންޑާ މިނިސްޓަރަކަށް ހުންނަވާ އެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ އެމްޑީޕީގެ ޕީޖީ މެންބަރުން އޭނާ މަގާމުން ވަކިކުރުމުގެ ކުރިން އަމިއްލައަށް އިސްތިއުފާ ދެެއްވުމަށް އެންގުމުން މަޖުބޫރުވެވަޑައިގަތުމުންނެވެ. އެ ފަހުން ސިޔާސީ ކަންކަމުން ވަރަށް ބޮޑަށް އެކަމަނާ ގެއްލިވަޑަައިގަތެވެ. ޝިދާތާ ވަނީ މީގެ ކުރިންވެސް ކައިވެންޏެއް ކުރައްވާފައެވެ. އެ ކައިވެންޏަށް ކުދިންވެސް ލިބިފައިވެއެވެ.