ލައިފްސްޓައިލް

ސިންގަޕޯ އެއާލައިން ފްލައިޓެއްގައި ޖެހެން އުޅުނީ ޔޫފޯއެއްތަ؟

ޔޫފޯއަކީ ބައެއް މީހުންގެ ޚިޔާލީ ފޮލާއެއްކަމަށް އެއް ބަޔަކު ގަބޫލުކުރެ އެވެ. އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި އެއީ ހަމަ ހަގީގަތުގައި ވެސް ވާ އެއްޗެކެވެ. މިއީ ހިޔާލީ އެއްޗެއް ނޫން ކަމަށް ގަބޫލުކުރާ މީހުން ބުނަނީ ޔޫފޯ އަކީ ދުނިޔޭން ބޭރުގައި އުޅޭ ކޮންމެ ބާވަތެއްގެ މަހްލޫގުންތަކެއް ދަތުރު ކުރުމަށް ބޭނުންވާ އުޅަނދެކެވެ.

ޔޫފޯ ފެންނަ ވާހަކަ އަކީ ސޯޝަލް މީޑިއަގައި ވަރަށް އާއްމު ވާހަކައެކެވެ. އެކި މީހުން މި އެއްޗެތި ފެނިގެން ފޮޓޯނަގައި ވީޑިއޯކޮށް ހަދާފައި ވެސް އެބަހުއްޓެވެ.

މިހާރު އިންޓަނެޓުގައި ވައިރަލް ވެގެން އުޅޭ މިފަދަ އެއް ވީޑިއޯއަކީ ސިންގަޕޯ އެއާލައިންސްގެ ފްލައިޓަކުން ދަތުރުކުރި މީހަކު ނެގި ކަމަށް ބުނާ ވީޑިއޯ އެކެވެ. މި ވީޑީއޯ ނަގާފައިވަނީ ބޯޑު ޖެއްސުމުގެ އިރުކޮޅެއް ކުރިން ކަމަށް ވެއެވެ.

މި ފްލައިޓަކީ ޖެނުއަރީ 17، 2021 ގައި ސްވިޒަލެންޑްގެ ޒިއުރިކް އެއާޕޯޓަށް ޖައްސަން އައި ބޯޓެކެވެ. މި ވީޑީއޯ ރެކޯޑުކުރި ފަސިންޖަރު ބުނެފައިވަނީ އޭނާ ފޯނު އޮން ކުރީ ޒިއުރިކް އެއާޕޯޓަށް ބޯޓު ޖައްސާ މަންޒަރު ވީޑިއޯ ކުރަން ކަމަށެވެ. އަދި މި މަންޒަރު ވީޑީއޯ ކުރަނިކޮށް އުދުހިފައި އައި އޮބްޖެޓެއް ކިރިޔާ ބޯޓާ ޖެހޭ ނުޖެހޭ ހިސާބުން އުދުހިފައި ދިޔަ ތަން ފެނިފައި ވަރަށް ހައިރާންވި ކަމަށް މަންޒަރު ވީޑިއޯ ކުރި މީހާ ބުނެފައި ވެއެވެ.

ފްލައިޓުގައި ތިބި އެހެން ފަސިންޖަރުންނަށް ވެސް މި އެތި ފެނިގެން ބިރުން އުޅެން ފެށިކަމަށާއި އެ ވަގުތު ޕައިލެޓު ސޭފްޓީ ޕްރޮޓޮކޯލާ އެއްގޮތަށް ހުރިހާ ފަސިންޖަރުން މަޑުމަޑުން ހަމަޖެހިގެން ތިބުމަށް އެދުނު ކަމަށް ވެއެވެ.

މިއީ ޑްރޯނެއް ނުވަތަ ދޫންޏެއް ނޫންކަން ޔަގީންކަމަށް ޔާހޫގައިވާ މި ޚަބަރުގައި ބުނެފައި ވެއެވެ. ސަބަބަކީ އެހާ ކުޑަ އެއްޗެއް ރާޑަރަށް ނާރާނެތީ އާއި ޕައިލެޓަށް އެ އެތި ފެނުނު ކަން ޔަގީން ކުރެވޭތީ އެވެ.