އާދަމް އާޒިމް

"ސަރުކާރުގެ އިންތިޒާމު ތަކާއިއެކު ފެރީގެ ހިދުމަތް ހަރުދަނާ ވާނެ"

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދޭން ހަމަޖެހިފައިވާ އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކުގެ ހިދުމަތްތައް ހަރުދަނާ ކަމާ އެކު ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް ވިދާޅުވީ ފެރީ ނިޒާމުގެ ހިދުމަތްތައް މީގެ ކުރިން ކުރިޔަށް ގެންގޮސްފައި ވަނީ ކްރޮސް ސަބްސިޑައިޒް ކޮށް ކަމަށާއި ކުންފުންޏަށް ލިބުނީ ހުސް ގެއްލުން ކަމަށެވެ. އަދި އޭރު ފެރީ ނިޒާމު ހަރުދަނާ ގޮތެއްގައި ނުހިންގުނު ކަމަށެވެ. ނަމަވެސް މިސަރުކާރުން އެމްޓީސީސީ ހިިދުމަތްތަކުގެ އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރުމަށް ސިޔާސަތުތަކެއް ކަނޑައަޅާފައި ވާކަމަށް އާޒިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ މުސްތަގުބަލުގައި ކުންފުނީގެ ކަންކަން ހަރުދަނާ ގޮތެއްގައި ނުހިންގިއްޖެ ނަމަ އެއީ ކުންފުނީގެ މައްސަލައެއް ކަމަށެވެ. ސަބަބަކަށް ވިދާޅުވީ މި ސަރުކާރުން ދެމެހެއްޓެނިވި ގޮތެއްގައި ހަރުދަނާކަމާއެކު ކުންފުނީގެ ކަންކަން ކުރިޔަށް ގެންދެވޭނެ ހުރިހާ އިންތިޒާމެއް ހަމަައްސާފައިވާ ކަމަށެވެ. އެގޮތުން މިހާރު ސަރުކާރުން އެމްޓީސީސީ އަށް ހަވާލުކޮށްފައިވާ އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކުގެ ހިދުމަތްތައް ހަރުދަނާ ކަމާ އެކު ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އޮތް ކަަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ މިހާރު އައި ބަދަލާ އެކު ފެރީގެ ހިދުމަތްތައް ދޭނީ ކްރޮސް ސަބްސިޑައިޒްކޮށް ކަމަށެވެ. އަދި މި ހިދުމަތުން ކުންފުންޏަށް ގެއްލުން ނުވާނެ ކަމަށެވެ.

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކަކީ މުޅި ރާއްޖެ އަށް އަމާޒުކޮށް ފަސިންޖަރުންނާއި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން، ނޭޝަނަލް ސްޕޭޝަލް ޕްލޭންގައި ހިމެނޭ ތިން ޒޯނާއި ހަ ރީޖަން ގުޅުވައި ދިނުމަށް ފަރުމާކޮށްފައިވާ ވިއުގަ އެކެވެ.

އެމްޓީސީސީން ބުނީ މި ނެޓްވޯކުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހިދުމަތް ދޭން ފެށޭވަރު ވާނެ ކަމަށެވެ.