ހަބަރު

ޖެޓްސްކީއެއްގައި ފުރި ދެ ދިވެހިން ގެއްލިއްޖެ

ޖެޓްސްކީއެއްގައި ފުރި ދެ ދިވެހިން ގެއްލިއްޖެ އެވެ.

އެމްއެންޑީއެފްއިން މިރޭ ބުނީ ފުށިފަރު ރިސޯޓުން ޖެޓްސްކީއެއްގައި ފުރި ދެ ދިވެހިން ގެއްލިއްގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ޖެޓްސްކީގައި ތިބީ އަންހެނަކާއި ފިރިހެނެކެވެ. އެއީ އެ ރިސޯޓްގެ ދެ މުވައްޒިފުންނެވެ.

އެ ދެ މީހުން ހޯދުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ. ގެއްލިފައިވަނީ 24 އަހަރުގެ ފިރިހެނެކާއި 29 އަހަރުގެ އަންހެނެކެވެ. ފުލުހުން ބުނީ އަންހެން މީހާ އަތުގައި ފޯނެއް އޮތް ކަމުގެ މައުލޫމާތު ލިބިގެން ގުޅުމުން ރިންގުވީ ނަމަވެސް ފޯނަށް ޖަވާބު ނުދޭ ކަމަށެވެ.

އެ ދެ މީހުން ޖެޓްސްކީގައި ފުރީ ކޮންތާކަށް ދާން ކޮން ބޭނުމެއްގައި ކަން ސާފެއް ނުވެއެވެ.