ދުނިޔެ

ރަޝިއާގެ އިދިކޮޅު ލީޑަަރު ނަވާލްނީގެ އަންހެނުން ހައްޔަރު ކޮށްފި

ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވާލްނީ ދޫކޮށްލަން ގޮވާލައި މަގުތަކަށް ނިކުމެ އުޅުނު ބައިގަނޑެއްގެ ތެރެއިން، އޭނާގެ އަންހެނުން، ޔޫލިއާ ހިފަހައްޓައި ހައްޔަރު ކޮށްފި އެވެ. ފުލުންގެ އިންޒާރާ ގަދަ ފިންޏަށް ބެލުމެއް ނެތި ހަޅޭއްފަޅޭއް ޖަހަނިކޮށް 2،500 އަށް ވުރެ ގިނަ މީހުން ފުޅުހުން ވަނީ ދެ އަތް ބަނދެގެން ގެންގޮސްފަ އެވެ.

ނަވާލްނީއަށް ދިން ވިހައެއްގެ ސަަބަބުން ޖަރުމަންގައި ފަރުވާ ހޯދުމަށް ފަހު އެނބުރި ރަޝިއާއަށް ދިއަތަނުން ވަނީ ހައްޔަރު ކޮށްފަ އެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ އުޅޭ ތަނެއް އަންގަން ބުނެފައިވި ނަމަވެސް އެކަމަށް އީޖާބަ ނުދިނުމުން ކަމަށާއި އޭނާއާ ގުޅުން ހުރި މައްސަލަތަކެއް ކޯޓުގައި ހިނގާތީ ކަމަށެވެ.

މަގުތަކަށް ނިކުމެ އުޅުނު މީހުން ފުޅުހުން ފުރަތަމަ ދިނީ ނަސޭހަތެވެ. ފުޅުހުން އެންގީ މިއީ ކޮވިޑްގެ ހާލަތު ގައުމުގައި ނުރައްތެރި ދުވަސްވަރެއް ކަމަށާއި މަގުތަކަށް ނިކުމެ އުޅުމުގެ ސަބަބުން ބަލި ފެތުރޭ މިންވަރު އިތުރުވާނެ ކަމަށެވެ. ފުލުހުންގެ އެންގުންތަކަށް ނުބަލައި ނިކުމެ އެއްވާން ފަށައިފި ނަމަ ހައަޔަރު ކުރާނެ ކަމަށާއި ފަހަރެއްގައި ޖަލު ހުކުމެއް ވެސް އަތުވެދާނެ ކަމަށެވެ.

ރޮއިޓާސް މޮސްކޯއިން ހަބަރުދޭ ގޮތުން މަގުތަކަށް ނިކުމެ 40،000 އަށް ވުރެ މަދެއް ނުވާނެ އެވެ. އަދި ގިނަ މީހުން އެއްވެ އުޅެނީ ހުއްދަ ނޯންނަ ހިސާބުތަކުގައި ކަމަށް ރޮއިޓާސް ރިޕޯޓް ކުރެ އެވެ. ރޮއިޓާސްއިން އާންމުކުރި މީހުންގެ އަދަދާ މެދު ރަޝިއާގެ ފޮރިން މިނިސްޓްރީން ހިތްހަމަނުޖެހި، މަސްލަހަތު ނުގެއްލޭ ގޮތަށް ރިޕޯޓް ކުރަން ވަނީ އަންގާފަ އެވެ.